ތިރީގައި މި ވަނީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރި ހަނގުރާމައިގައި ކުރިމަތިވި ގެއްލުންތަކާއި ނާކާމިޔާބުތަކެވެ.
- އިޒްރޭލުގެ ސިފައިންގެ ތެރެއިން ހަތްހާސް މީހުން މަރުވުން.
- ފަންސަވީސް ހާސް ސިފައިން ނުކުޅެދޭ މީހުންނަށް ބަދަލުވެ ސިފައިންގެ އަސްކަރީ ޚިދުމަތުން އެކަހެރި ކުރެވުން.
- އިޒްރޭލަށް ސަތޭކަ ފަންސާސް ބިލިއަން ޑޮލަރުގެ ގެލުންވުން.
- އަރަބިންނާއި އިޒްރޭލުގެ ގުޅުންތައް ނޯމަލައިޒް ކުރުމުގެ ޕްރޮގްރާމް ނާކާމިޔާބުވުން.
- ފަލަސްތީނުގެ މައްސަލަ އޮއްބާލައި، ދުނިޔެއިންވެސް ފުހެލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުން.
- ބައިނަލް އަޤްވާމީ ފެންވަރުގައި އިޒްރޭލް ބަދުނާމުވެ އަގުވެއްޓުން.
- އިޒްރޭލުގެ އުސްޠޫރީ (ލެޖެންޑްރީ) ފޮނިކަމާއި ހޯދައިގަނެގެން އުޅުން ރީތިނަން ބަރުބާދުވެ ނެތިގެން ދިއުން.
- ބޭރުގެ ގައުމުތަކާއެކު، އުފައްދައިފައިވާ ޚާރިޖީ ގުޅުންތަކާއި އިގްތިސޯދީ ގުޅުންތައް ގެއްލި ހީނަރުވެގެން ދިއުން.
- ހަތިޔާރުގެ ގޮތުން ނާކާމިޔާބުވެ ގެއްލުންތަކާ ކުރިމަތިލާންޖެހުން.
- ނަތަންޔާހޫގެ ސަރުކާރުގެ އިތުބާރު ޔަހޫދީންނަށް ގެއްލުން.
- ޣައްޒާ ހިފުމަށް ރޭވި އެންމެހާ ރޭވުންތައް އިނދަޖެހުން.
- އިޒްރޭލްގެ އެތައްހާސް ގެޔެއް ފުނޑިބިމާހަމަވުން.
- އިޒްރޭލަށް ލިބިފައިވާ ބައިނަލް އަގުވާމީ ހައިބަތު ގެއްލި އަގުވެއްޓުން.
- އިޒްރޭލަށް ލިބިފައިވާ ހުޅަނގު ދުނިޔޭގެ ތާއީދު ގެއްލުން.
- އިޒްރޭލުގެ އެތެރޭގެ އަމްނުއަމާންކަމާއި ހަމަޖެހުން ގެއްލުން.
- ގައުމުގެ އެތެރޭގެ އެއްބައިވަންތަކަމާއި އެކަތިގަނޑަކަށް ވުމުގެ ރޫޙު ނެތިގެން ދިއުން.
- އިޒްރޭލްގެ ޢަސްކަރީ ލީޑަރުންނާއި ކޮމާންޑަރުންތައް ނެތިގެން ދިއުން.
- އިޒްރޭލްގެ ލަޝްކަރަކީ ބަލިކޮށްނުލެވޭނެ ލަޝްކަރެއް ކަމަށް ފެތުރި ޕްރޮޕަގެންޑާ ފަޅާއެރުން.
- އިޒްރޭލްގެ މޮޅު ޓެކްނޮލޮޖީގެ ފޮނި ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް ފަޅާއެރުން.
- ސަރަހައްދީ ގޮތުން އިޒްރޭލަށް ލިބިފައިވާ އަސްކަރީ ނުފޫޒުން މަޙްރޫމްވުން.
- އަރަބި ބައެއް ގައުމުތަކާ ސިއްރުން ބާއްވައިގެން އުޅުނު ސިޔާސީ ގުޅުންތައް ހީނަރުވުން.
- ޣައްޒާގެ މުޖާހިދުންގެ ހިތްވަރާއި ސާބިތުކަމުގެ ކުރިމަތީގައި އިޒްރޭލް ފިނޑިވެ ބަލިކަށިވުން.
- ދުނިޔޭގެ ކުރިމަތީގައްޔާއި އިސްރާއީލީ މުޖްތަމައުގެ ކުރިމަތީގައި އިޒްރޭލްގެ މީޑިޔާގެ ނަޒާހާތްތެރިކަމާ ތެދުވެރިކަން ގެއްލުން.
- އިޒްރޭލަށް ފައިދާއެއް ނެތް ހަނގުރާމައެއްގައި އެ ގައުމުގެ ޒުވާން ޖީލެއް ފަނާވެގެން ދިއުން.
- އިޒްރޭލުގެ ސިޔާސީ މުސްތަޤްބަލް ފަނާވެގެން ދިއުން.
- އިޒްރޭލާމެދު ބައިނަލް އަޤްވާމީ މުޖްތަމައުގެ ކެތްތެރިކަން ކޮޅުންލުން.
- އިޒްރޭލްއަށް ލިބިފައިވާ ހުރިހާ މޮޅަކުން މަހްރޫމްވުން.
މާތް الله އިރާދަކުރެއްވިޔާ ކުރިޔަށްވެސް އޮތީ އިޒުރޭލަށް އިތުރު ނާކާމިޔާބީ ތަކެވެ.
إنشاءالله.



advertisment