ޚިޔާލީ ހުވަފެނެއް ފެނިގެން
ރިޔާސީ ރޭސްޖަހަން އެދިގެން
ރިޔާފޮޅުވައި ލިޔަސް ދަތުރަށް
ނިޔާމަ ދަތުރު ވެދާނޭހޭ؟
ތަކައްބުރު ކޮއްތަކަށް ލައިގެން
ޓަކައި ރޭހަށް ދެހަޅަ ލިބިގެން
މަކަރަ ރާހީގެ އިރުވަރަކަށް
ނަކަތް ރަހަދާނަ ވާނޭހޭ؟
ކަނދުންބަނދެ ދޯނި ބާލައިގެން
އަނދުން އެންމެންގެ އަޅުވައިގެން
ރަދުންނަށް ވާން ޖަހާ ރޭހަށް
ބަދުރުވަ އަމާން ވެދާނޭހޭ؟
