ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއެކު ސްޓެލްކޯއަށް ޚިދުމަތްކޮށްދިން ތިން މުވައްޒަފެއް ޝަރަފުވެރިކަމާއެކު ރިޓަޔަރކުރުމާ ގުޅިގެން އެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ސްޓެލްކޯ އިން މިއަދު ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ.
މި ހަފުލާ ޝަރަފުވެރިކޮށް ދެއްވައި، އަގުވަޒަންކުރުމުގެ ހަނދާނީ ފިލާ ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ޝަމާހު ރަޝީދެވެ. މި ހަފުލާގައި ސްޓެލްކޯގެ އިސް ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.
ޝަރަފުވެރިކަމާއެކު ރިޓަޔަރކުރި މުވައްޒަފުން:
1. ސީނިއަރ ސަރވިސް އިންޖިނިއަރ އަޙުމަދު މަނިކު (ސުތުލި)، ޚިދުމަތުގައި 42 އަހަރު
2. ސީނިއަރ ސަރވިސް އިންޖިނިއަރ އިބްރާހިމް ރަޝީދު (އަންދަރޭ)، ޚިދުމަތުގައި 34 އަހަރު
3. ސީނިއަރ ސަރވިސް ސުޕަރވައިޒަރ ޙަސަން ޙަލީމް، ޚިދުމަތުގައި 7 އަހަރު



advertisment

