ޗެޕްޓަރ 3 – މޫދު މަލަ ކޭޓަރިން
މޫދުމަލަ ކޭޓަރިން ހައުސް، އެމްކޭއެޗްގެ ބަދިގޭން ކަރަންފޫ، ފިޔާ، އަދި ކަނޑުމަހުގެ ވަސް ދުވަމުން ދިޔައެވެ. ތަށިތައް އެކަތި އަކެއްޗާ ޖެހިގެން ގޮވާ ޓިންގ އަޑާއި، ކައުންޓަރު މަތީން ޓްރޭތައް ގެންދާއަޑު އިވެމުން ދިޔައެވެ. އުނދުންތަކުން އަރާ ހޫނުގެ ތެރޭގައި އެކިބާވަތުގެ ކާތަކެތި ރޯފިލަމުންދާ ވަސް ވެސް މުޅިތަނަށް ފެތުރިފައިވެއެވެ. އެ ހުރިހާ ކަމެއްގެ ވެރިޔަކަށް ހުރީ ރިފާއުއެވެ. އުމުރުން ތިރީހަކަށް އަހަރު ވެފައިވާ އެކަމަކު ގައިގައި ވަރު ހުރި، ޒުވާނެކެވެ. މޫނުމަތީން ފެންނަނީ މަޑުމައިތިރި ކަމެވެ. އޭނާގެ އުނަގަނޑު މަތީގައި ބޮޑުކައްކާއިންގެ އޭޕްރަންއެއް ބަނދެފައި ހުއްޓެވެ. ކައިރީގައި ހުރި އެހީތެރިޔާއަށް ބުންޏެވެ.
"މާގިނައިން މިރުސް ނުލާތި،" ދެތިން ގިތެޔޮ މިރުސް އޭނާގެއަތަށް ދެމުން ބުންޏެވެ. "މިއީ ވަރަށް ކުޅިގަދަ މިރުހެއް…"
ހޫނުގަދަކަމުން ދާހިއްލާފައި ހުރި އެކުއްޖާ ބޯޖަހާލިއެވެ. ރިފާއު ދެންވެސް ހުރި ކާނާގައި ރަހަބަލަމުން ލޮނު ހެޔޮވަރު ކުރަމުން ގެންދިޔައެވެ.
ރިފާއު އޭނާގެ އަމިއްލަ ކާވެނި ރޫޅިގެން ގޮސްފައިވީ ނަމަވެސް ކައިވެނި ޕާޓީތަކާއި، އީދު ޖާފަތް، އަދިވެސް މާލޭގައި ހިންގާ އެތައް ހަރަކާތްތަކަށް ބޭނުންވާ ކާނާ ތައްޔާރު ކުރަމުން ދިޔައެވެ. ވަރަށް ގިނަ ބަޔަކަށް މީރުވީމާ ވަރަށް ގިނަ އޯޑަރު ލިބެއެވެ. އާފިޔާ، އޭނާގެ އަންހެން ދަރިފުޅުގެ މަންމަ ރައިހާނާ ވަރިވެގެން ދިއުމުން މިހުރިހާ ކަމެއް ކުރަން ޖެހިފައި މިވަނީ ރިފާއު އަށެވެ. ރައިހާނާ ކައްކާ އެއްޗެއްސާ އެއްވަރަށް ހިފަހައްޓާލުމަކީ ދަތިކަމެކެވެ. އެކަމަކު މިއީ މިހާރު އޭނާގެ ދިރިއުޅުމެވެ. އެކަނި ނަމަވެސް މި ވިޔަފާރި އޭނާ ކުރިއަށް ގެންދަން ޖެހެއެވެ.
އާފިޔާއަކީ ކިޔަވާ ކުއްޖެކެވެ. ބަދިގޭގަ ކަންކަމާ ނިކަން ދުރުވާނެއެވެ. ކިޔަވާ ނިމިގެންވެސް އޭނާ މި މަސައްކަތުގައި އުޅޭނެ ކަމެއް ނޭނގެއެވެ. އެހެންކަމުން ރާފިއު ވަނީ ބައިވެރިޔަކަށް ބޭނުންވެފައެވެ. ވިޔަސް ރައިހާނާ ކަހަލަ ކުޅަދާނަ ކެއްކުންތެރިއެއް އޭނައަށް ލިބޭނެ ކަމުގެ އުންމީދެއް ނުވެސް ނެތް މެއެވެ. އެހެންނަމަވެސް ނަޝްފާ އޭނާގެ ހަޔާތަށް އަތުވެއްޖެ ނަމަ އޭނަގެ މަސައްކަތަށް ވަރަށްބޮޑު ލުއިކަމެއް ލިބޭނެއެވެ.
އެދުވަހުގެ ހަވީރު ބަދިގެއަށް ވަދެ ސްކޫލް ދަބަސް ކައުންޓަރު މައްޗަށް އެއްލާލީ ގަދަ އަޑަކާ އެކުގަ އެވެ. "ބައްޕާ، އަހަރެން ބުނީމެއްނު، މިއަދު ބަދިގޭ މަސައްކަތެއް ނުކުރެވޭނެޔޭ!"
ރިފާއު ފުންނޭވާއެއް ދޫކޮށްލިއެވެ. "އާފިޔާ ޕްލީޒް… ކޮންމެވެސް ކަމެއްގައި އެހީވެބަލަ."
އިތުރު ވާހަކައެއް ނުދެކެވެނީސް އަންހެނަކު ދޮރު ހުޅުވާލާފައި ވަނެވެ. ތުނި ފޯލްޑަރެއް ހިފައިގެން ހުރިއިރު، ބުރުގާއެއް އަޅައިގެން ހުރި އެ ޒުވާން އަންހެން މީހާ، މިހޫނު ބަދިގެއަށް ބޯދިއްކޮށްލިއެވެ.
"އައްސަލާމު އަލައިކުމް، ރިފާއު،" އޭނާ ބުންޏެވެ.
"ވަ އަލައިކުމް ސަލާމް،" އޭނާގެ ވަރުބަލިކަން ކުޑަވެގެން ދިޔަހެން ހީވިއެވެ. "ތިއައީ ޕާޓީ ކަންތަކާ ދޯ؟"
"އާނ." ފޯލްޑަރު ބާއްވާލަމުން އޭނަ ހިނިތުންވެލިއެވެ. "ބައްޕަ ބޭނުންވެލައްވަނީ މިތަނުން ކޭޓަރިން ތައްޔާރު ކުރުވަން. އެންމެންވެސް ބުނަނީ މި ކޭޓަރިން އޭ އެންމެ ރަނގަޅުވާނީ."
"ތީއޭ އެންމެ ބޮޑު މައްސަލައަކީ،" ރިފާއު ނިތްކުރިން ދާ ފޮހެލިއެވެ. "އާފިޔާގެ މަންމަ ދިޔަފަހުން މިހާރު ހުރިހާ ކަމެއް ކުރަން މިހިރީ އަހަރެން އެކަނި. އެންމެ ކުޑަމިނުން އާފިޔާވެސް ބުނެ ބުނެވެ އެހީއެއް ވަނީއެއް ނޫން."
އާފިޔާ ގޮނޑީގައި އިނދެ ހީނގަތެވެ.
"އާފިޔާ ކުރާނެ.. ދޯ އާފިޔާ." ލީމާ އާފިޔާގެ އަތުގައި ހިފާލިއެވެ. "އަދި އާފިޔާ ކުޑަ ވީމާ ދޯ؟"
"ކުޑަވީމާ ކުދި ކަންތައް ކުރެވޭނެނު؟" ރިފާއު އާފިޔާއަށް ބަލައިލިއެވެ.
"އާފިޔާއާ އަހަންނާ އެކީގައިވެސް އެހީވެދާނަމޭ،" ލީމާ ހީނލާފައި ބުންޏެވެ.
އާފިޔާ ގޮނޑިންތެދުވިއެވެ. އަދި ލީމާއާ އެކީ ހެދިކާ ހަދަން އަތުވެއްޖެއެވެ.
ރިފާއުގެ މޫނުމަތީން އެތައްހާސް ކުލަތަކެއް ދިއްލިގެން ދިޔައެވެ. "ތިއީ ވަރަށް ހިތްގައިމު މަންޒަރެއް." ރިފާއު ހީނލާފައި ބުންޏެވެ. "އެކަމަކު ވަރަށް ވަގުތީ. ސައިބޯނި ބޮތްކެއް ފަދަ."
"ނޫނޭ. އަހަރެން އަތުވެދާނަމޭ ކޮންމެ ދުވަހަކުވެސް. ދޯ އާފިޔާ؟" ލީމާ ހީނލި އިރު ހީވަނީ ޒަމާންތަކެއް ވަންދެން އެ ދެ މީހުންގެ ދެމެދުގައި ގާތްކަން އުފެދިފައިވާ ހެންނެވެ.
އާފިޔާވެސް ހުރީ ވަރަށް ގަޔާވެފައެވެ. "ލީމާ ދައްތަ ވާނެ އަންނަން. އޭރުން އަޅުގަނޑުވެސް ހުރިހާ ކަމެއް ކުރާނަން."
"ތިއީ އެންމެ ބޮޑު މައްސަލަ،" ރިފާއުވެސް ވަރަށް ގަޔާވެފައި ބުންޏެވެ. "ލީމާ ދައްތައަށް ކޮންމެ ދުވަހަކު އާދެވޭނީ ކިހިނެއް؟ އާދެވޭނެ ނަމަ މިތާކު ނުކުރެވި ހުރި އެއްވެސް ކަމެއް ނުހުންނާނެނު؟ އޭރުން ހުރިހާކަމެއް އާފިޔާ ކުރާނެނު؟"
"ކީއްވެ ލީމާ ދައްތައަށް ނާދެވެންވީ؟" އާފިޔާ ގަދަ ކޮށްލިއެވެ. "އާދެވޭނެ ދޯ ލީމާ ދައްތަ؟"
"އާނ. ކާވެނި ވަންދެން އާދެވޭނެ،" ލީމާ ވެސް ހުރީ ވަރަށް ގަޔާވެފައެވެ.
"ލީމާ ދައްތަ ބުނޭ، ކެންސަލްވީއޭ."
އެންމެންވެސް ހިނިފަޅައިގެން ދިޔައީ އާފިޔާ މިހެން ބުނީމައެވެ.
ލީމާ ގެޔަށް ދާންވަންދެން ހިމޭންކަމާއެކު ތިންމީހުންވެސް އެކުގައި އެތައް އިރަކު އެދުވަހު ބަދިގޭގެ މަސައްކަތުގައި ތިއްބެވެ.
ރައިހާނާ ވަރިވެގެން ދިޔަފަހުން ރާފިއުގެ މޫނުމަތީން މިހާ ބޮޑު އުފާވެރިކަމެއް ފެނިފައެއް ނުވެއެވެ.
(ނުނިމޭ)



advertisment