Support Us

ވާހަކަ: ލޯބީގައި އިޚްތިޔާރެއް ނޯވެއެވެ- 2

ޗެޕްޓަރ 2

ކާވެނީގެ ތައްޔާރީތައް

ހޮސްޕިޓަލަށް ކުރި ޒިޔާރަތަށްފަހު ޒަޔާން ފެރީގައި އެނބުރި ވިލިނގިލީއަށް ދިޔައީ ވިލިނގިލީ ޓަރމިނަލާ ކައިރި ހިސާބެއްގެ ގަރާޖަކަށް ސައިކަލް ލާފައެވެ. ސައިކަލު ވެއްޓުނު ވަގުތު ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ވެފައި ހުރީތީ އެވެ. ދެން އޭނާ މަޑުމަޑުން ހިނގާލައިފައި ގޮސް ފެރީއަށް އަރައިފިއެވެ.

ފެރީ ދުވެފައިދާއިރު އިވޭ ރާޅުތަކުގެ އަޑަކީ އޭނާއަށް އަބަދުވެސް ހިތްގައިމު އަޑެކެވެ. ގިނަ ފަހަރު ދަންނަ މޫނުތައްވެސް ފެންނާތީ ވެސް އުފާވެއެވެ. އެކަމަކު މިއަދު އެއިން އެއްވެސް އަޑެއް އިވޭހެނެއް ހިޔެއް ނުވެއެވެ. އަދި ދެކޭހިތްވާ ކަހަލަ މޫނެއްވެސް ނުފެނުނެވެ. ކޮންމެ މޫނެއް ފެނުނަސް ސިކުނޑިއަށް ވަންނަނީ ރިޝްފާގެ ސޫރައެވެ. އުޅެއުޅެ އެ ޚިޔާލުތަކެއް ވެސް ސިކުނޑިއަކުން ނުފިލިއެވެ. އިވޭ އެހެން ހުރިހާ އަޑެއް ކެންސަލްވެފައި އިވެނީ ރިޝްފާ ހީނލާ އަޑެވެ.

މިއީ މީގެ ކުރިޔަކުން އޭނާއަށް ކުރެވިފައިވާ ތަޖްރިބާއެއް ނޫނެވެ. ލީމާއާ އޭނާ ބައްދަލުވީ އޭނަގެ ގެޔަށް ކަބަޑެއް ގެންގޮސްދިން ދުވަހަކު އެވެ. އެއީ އޭނާގެ ބައްޕަ އެއްފަހަރަކު އޭނާގެ ކާޕެންޓަރީއަށް ދުރުވެފައި ބައްލަވައިގަތް ކަބަޑެކެވެ. އޭނާ އެ ކަބަޑު ގެންދިއުމުން ލީމާ އޭނާގެ ކޮޓަރިއަށް ލައިދޭން ބުންޏެވެ. އަދި އެހާތަނުން ދެމީހުން ތައާރަފްވެ، އޭނާ އަކީ އެ ގޭގެ ރައްޓެއްސަކަށް ވިއެވެ. މަނިކަކީ މުއްސަންޖަކަށް ވެފައިމެ، ވަރަށް ހިތްހެޔޮ މީހެކެވެ. ކޮންމެ ރެޔަކުވެސް ރޭގަނޑު ކެއުމަށް އޭނައަށް ދައުވަތު ދެއްވައެވެ. މަނިކުގެ ހުންނަހާވެސް ދަރިޔަކީ ލީމާއެވެ. ގޭގައި ދެން އުޅެނީ އެކި މަސައްކަތުގައި އުޅޭ މީހުންނެވެ.

ޒަޔާން ދިއުމުން އެ ދެ ބަފައިން ވަރަށް ފޫހިފިލާ ކަމަށް ބުނެއެވެ. ޒަޔާނަށް ވެސް ލީމާގެ ވިސްނުންތެރި ވާހަކަތައް ކަމުދެއެވެ. އޭރު އޭނާ އުޅެނީ ކިޔެވުމުގައެވެ. މިހާރު ސައިކޮލޮޖީ ހަދަން ކޮންމެވެސް ޔުނިވަރސިޓީއަކަށް ދެއެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ބޭރަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މަނިކު އޭނާ އެކަނި ބޭރަށް ފޮނުވާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެކުގައި ދާނެ މީހަކުނެތެވެ. ލީމާއާއި ޒަޔާން ދެވަން މަނިކުގެ ވިސްނުން އައީ އެކަމާ ގުޅިގެންނެވެ. އޭރުން ޒަޔާންއަށް ވެސް އިތުރަށް ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ލީމާއާއި ޒަޔާންގެ އެންގޭޖްމެންޓަކީ ސީދާ މަނިކު އިންތިޒާމްކުރި ކަމެކެވެ. އެކަން އެހާ އަވަހަށް ބޯމަތިވުމުން ޒަޔާނަށް ކޮންމެވެސް ނުތަނަވަސްކަމެއް ވެސް ލިބުނެވެ. އެހެންނަމަވެސް އެކަންތަކަށް ހުރަހެއް އަޅާނެ ވަރުގެ ސަބަބެއް ނުވެސް ނެތް މެއެވެ. ލީމާއަކީ އޭނައަށް ލިބުނު މާވަހަރެއް ފަދައެވެ. އެހެންކަމުން އޭނާވެސް އެކަމާ ރުހިގެން އެކާވެންޏަށް ތައްޔާރުވަމުން އައެވެ.

އެރޭ ޒަޔާން ވިލިގިއްޔަށް ދިއުމުގެ ކުރީގައި ލީމާއަށް ގުޅިއެވެ. އަދި އެދުވަހު ދިމާވި އެކްސިޑެންޓްގެ ވާހަކަ ވެސް ކިޔައިދިނެވެ. ލީމާ އޭނާއަށް އަވަސް ޝިފާއަކަށް އެދުނެވެ. އެހެންނަމަވެސް ހޮސްޕިޓަލުގެ ވެއިޓިން ރޫމުން ކުއްޖަކާ ދިމާވެ ތައާރަފުވީ ވާހަކައެއް ޒަޔާނެއް ނުބުނެއެވެ. އަދި އެ ކުއްޖާގެ ޚިޔާލު ހިތުން ނުފިލައިގެން އުޅޭ ކަމެއް ވެސް އަމުދަކުން ނާންގައެވެ.

މާލޭގެ ހިތްގައިމު ގެއެއްގައި މީރު ކާނާތަކުން ފުރާލައިފައިވާ މޭޒެއްގެ ދޮށުގައި މަނިކުއާއި އޭނާގެ އަންހެން ދަރިފުޅު ކާން ތައްޔާރުވެގެން ތިއްބެވެ.

"ކީއްވެ ޒަޔާން މިރޭ ނައީ؟" މަނިކު ސުވާލު ކުރިއެވެ. ލީމާ އިސްދަށަށް ޖަހާލިއެވެ. "ކާޕެންޓަރީ ވޯކްޝޮޕްގައި ކުޑަ އެކްސިޑެންޓެއް ހިނގީ." ލީމާ ދެރަވެފައިވާ އަޑަކުން ބުންޏެވެ. "ހޮސްޕިޓަލަށް ދައްކައިފައި ވިލިގިއްޔަށް ހިނގައްޖެ."

މަނިކު ދެރަވެލާފައި ބުންޏެވެ.. "ބޮޑު އެކްސިޑެންޓްއެއްތަ؟ ކޮބާ ކާވެނީގެ ކަންތައް ކުރިއަށް އެބަދޭތަ؟"

"އާނ ބައްޕާ« ލީމާ މަޑުމަޑުން ޖަވާބު ދިނެވެ.

«ދެން ރަނގަޅުވާ އިރަށް އަވަހަށް ދެން ހުރި އިންތިޒާމްތައް ހަމަޖައްސާ!" މަނިކު ލަފާދިނެވެ. "މިހާރުން މިހާރަށްވެސް ޕާޓީ ކޭޓަރިން ހަމަޖައްސާ. މޫދު މަލަ ކޭޓަރިން ރަނގަޅުވާނެ. އެކަމަކު ވަރަށް ކުރީގަ އޯޑަރ ދޭންވާނެ."

"ލައްބަ، ބައްޕާ." ލީމާ ކިޔަމަންތެރިކަމާ އެކު ބުނެލިއެވެ. "މާދަމާ އެތަނަށް ދާނަން."

އެވަގުތު ލީމާގެ މޫނުމަތީން މޮޅިވެރިކަމުގެ ރާޅުބާންޏެއް އުފުލިގެން ދިޔައީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެއީ އޭނައަށް ވެސް ނޭނގޭ ހިސާބު ފުނުން، އޭނާގެ ހިތުތެރޭން ފޭދިގެން އައި ހަމަހިމޭން ރާޅުބާނި ތަކެކެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *