އަހަންނަކީ ވަރަށް ވެސް ބޮޑު ބަދު ނަސީބުވެރިއަކީމެވެ. އެއްދުވަހަކު އަހަރެންގެ އަންހެނުން އަހަރެންގެ ފޯނު ނެގިއެވެ. ފޯނު ހަވާލުމުން، އެހެން އަންހެނެއް އަހަރެން ގެންގުޅޭކަން އަހަރެންގެ އަންހެނުންނަށް އެނގުނެވެ. ދެން އަންހެނުން އަހަރެންގެ ވަގު އަނބީގެ ނަމްބަރު އަންހެނުންގެ ނަމަށް ބަދަލުކޮށްލިއެވެ. އެކަމެއް އަހަންނަކަށް ނޭނގެއެވެ.
އޭގެ ދެތިން ދުވަސް ފަހެވެ. ފައިސާކޮޅެއް ބޭނުންވެގެން އަހަރެންގެ ވަގު އަނބި މެސެޖްކޮށްލިއެވެ. ދެން، އެ ފައިސާ ފޮނުވުމަށް ފަހު، ފައިސާ ލިބުނުތޯ ބަލައިލާން ވަގު އަނބީގެ ނަންބަރުކަމަށް އަހަންނަށް ފެންނަން އޮތް ނަންބަރާ ގުޅީމެވެ. ނަމްބަރު ބަދަލުކޮށްފައިވާކަން އަހަންނަށް އެނގުނީ އެ ހިސާބުންނެވެ!
ދެން ހެއްޔެވެ؟ ދެންވީ ގޮތް ތަސްވީރުން ފެންނަން އެއޮތީއެވެ. އެހެން ގޭން ބޭރަށްލާފައި ހުންނަތާ މިހާރު ތިން ދުވަސް ވެއްޖެއެވެ. އަދި އިތުރަށް މިހެން ހުންނަން ޖެހޭނީ ކިހާ ދުވަހެެއް ވަންދެންކަން ދެނެވޮޑިގެން ވަނީ ހަމައެކަނި މާތް ރަސްކަލާނގެއެވެ!
