ދިވެހިން ދަތުރުކުރާ އެންމެ މަގުބޫލު ދެ މަންޒިލު ކަމަށްވާ މެލޭޝިއާގެ ކުއާލަމްޕޫރު (ކޭ.އެލް) އަދި ތައިލެންޑުގެ ބެންކޮކަށް މި ޑިސެންބަރުގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ހާއްސަ އަގުތަކެއް ހަމަޖައްސައި ޓިކެޓު ވިއްކަން ފަށައިފިއެވެ.
މެލޭޝިޔާ އަދި ތައިލެންޑަކީ ވެސް ސަގާފީ ގޮތުން މުއްސަނދި، ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ކަންކަމުގައި މަޝްހޫރު ދެ ގައުމެވެ. މި ދަތުރުތަކަށް ލިބެމުން އަންނަ ތަރުހީބަށް އަމާޒުކޮށް، މި މުއްދަތުގެ ތެރޭގައި މިއިން ކޮންމެ މަންޒިލަކަށް ހަތަރު ދަތުރު ކުރާގޮތަށް ގައުމީ އެއަރލައިނުން ވަނީ ހަމަޖައްސައިފައެވެ.

އެގޮތުން މެލޭޝިއާއަށް ކުރާ ދަތުރުތައް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު 21 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 11 އަށް ކޮންމެ އާދީއްތަ ދުވަހަކުއެވެ. އަދި ތައިލޭންޑު ދަތުރުތައް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 23 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 13 އަށެވެ.
މެލޭޝިއާގެ ފްލައިޓުގެ ޓިކެޓުގެ އަގު ފެށެނީ 355 އެމެރިކާ ޑޮލަރުންނެވެ. އަދި ތައިލޭންޑު ޓިކެޓުތަގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރުންނެވެ. މި ފްލައިޓުތަކުން ދަތުރުކުރާ ކޮންމެ މީހަކަށް 25 ކިލޯގެ ލަގެޖު އެލަވަންސް ލިބޭނެއެވެ.

ޓިކެޓު މޯލްޑިވިއަން ވެބްސައިޓު މެދުވެރިކޮށް ނުވަތަ އެޕް މެދުވެރިކޮށް ގަނެވޭނެއެވެ. އަދި މޯލްޑިވިއަންގެ ރެޖިސްޓަރޑް ޕެސެންޖަރ ސޭލްސް މެދުވެރިކޮށް ވެސް ލިބޭނެއެވެ. އަދި މޯލްޑިވިއަންގެ 7/24 ހޮޓްލައިން 1671 އަށް ގުޅުއްވައިގެން ވެސް ލިބޭނެއެވެ.



advertisment

