ލޮލުން ކަރުނަ ނާޅައި އުޅެން ދަތިނުވޭހޭ
ބޮލަށް ވިސްނުމުން ތަދު މިކަމުގައި ނުވޭހޭ
ސިޔާސީ ފިކުރު އާންމު ވީހިނދު މިގައުމަށް
ވިޔާދާ ކަމެއްް ރަނގަޅު ގޮތުގައި ވެވޭހޭ
ހުވައިކޮށް މަގާމެއްގެ މައްޗަށް ވިޔަސްއިސް
އުވައިލައި ނަޤުޟުކޮށް ނުލާ އެކަކު ވޭހޭ
އެބާވަތުގެ ފިކުރަށް ވުރެން ދީން ވިޔަސްއިސް
އެބާވަތުގެ ގާނޫނު އިސް ނުކުރެވޭހޭ
އަމާނާތް ކިޔާ ލަފުޒުވެސް މަރުވެ އުވިގޮސް
ޒަމާނީ ނުބައި ކޮރަޕްޝަން ގަދަ ނުވޭހޭ
އަޚުންނަށްވެ ލޯބިން އުޅުނު ހެޔޮ މި ދިވެހީން
ފަހުގެ ޖީލުގައި ދުޝްމިނުން ފަދަ ނުވޭހޭ
ތަނަށް ބޭރު ހަނގުރާމެވެރި ބަޔަކު ނަޔަކަސް
މަނަޢަވީ ޤަތުލުތައް ހިނގުން ގިނަ ނުވޭހޭ
ބުޔަަސް ވަރިހަމަވެ އެތިކޮޅެއް އަތު ނެތިއްޔާ
ގުޔަށް ކުށްވެ ކުށަކަށް އެކަކުވެސް ދެކޭހޭ
މަށަށް ފުލެޓަކާ ޖޮބު ލިބުން ކަށަވަރިއްޔާ
ތަށަށް މަރިޔަބުހެ ވީ ކިޔަންވެސް އެހޭހޭ
ނުވާނޭ ބަދަލު ޙާލަތެއް ހެޔޮ މަގަށް ދެން
ނުވާނަމަ ބަދަލު އަހުރެމެން ބަލަ އެނގޭހޭ
