ޝިޢާރުތަކުން ޖަރީވެވިގެން ދިވެހި ގައުމީދުވަސް މިފަހުން
އިޢާދަ ވިޔަސް ތަސްލީއެއްް ހިތަށް ނުލިބޭ މިހާރު ސަފުން
ދޮށީ ދެނިޒާމު ވެރިކަންކުރި އުވައިލާފައި ގެނައި ގޮތަކުން
ދޮށީ ހަމަތައް ތަޅައި މުގުރައި އަދަބު ސަދަބާ މަރައިލި ފަހުން
ވެރީންނަށް އަރުވަމުން އިހު އައި ކޮލީނަންފުޅު ހުތުރުކޮށްލައި
ވެރީންނަށް ހުތުރު ނަންތަކަކުން މުޚާޠަބު އާންމު ކުރިވި ފަހުން
ޝަރަފުވެރި މީހަކަށް ވަންޏާ ބަވަން މޮޅު މީހަކަށް ނުވެއެއް
ދަރަޖަވެރިއެއް ކަމަށް ވެރިޔަކު ނުވާކަމުގައި ބެލެން ފެށުމުން
ހުތުރު ހުރިހައިނަމެއް ނިސްބަތްކުރެވި އަބުރަށް އަރާއިރުވެސް
ހުތުރުލަފުޒެއް ދުލުން ބޭރަށް ނުލައްވެވި ވެރިންގެ އަގުނެތުމުން
ކިޔާ ބޯދާ ބަހެއްގައި ބުނެ އުޅޭ ގެރިއައިނު ފުލުގައި އޮތް
ނިޔާ ނުހިނގާ ގެރީގެ ލޮލުން ދެކޭހެން ގުއި ދެކޭން ފެށުމުން
ޢަދާވާތްތެރިކަމުގެ ހެދުމެއް އަޅައިގެން ވެރިކަމަށް އެރުމަށް
ހަދާންދޮގު މޮޅުނުވާ މީހުން ބަލައި ނުގަތުން ޚިޔާރުވުމުން
