
ރާގު: ވެއްސަވާނދޭވެ ރަޙުމަތުގެ ވާރޭވިލާ
އިރުގެ ރަންދޯދިތައް ފަތިހަކަށް އަލިވެލީ
ގަސްގަހުން ރީތި މާތައް ނުކުމެ ފަރިވެލީ
އެންމެ މަތިވެރި ނަސަބުފުޅުގެ ވެރިސާހިބާ
ފާޅުވީ މޫސުމާ މައްސަރުގެ މަރުޙަބާ
ޣަފްލަތުގެ ކަޅުއަނދިރިކަން ދުރަށްގޮސް އޮބާ
ގަސްގަހުން ރީތި މާތައް ނުކުމެ ފަރިވެލީ
ކައު ނަބިއްޔާގެ ދިދަ ދޭހުގައި ވިހުރިލާ
މާތްވި ދީނުން ހިތާ ސިކުނޑިތައް ހުޅުވިލާ
ފަތަޙަޔާ ނަޞްރު ކީރިތިވި ހިނިތުން ވެލާ
ގަސްގަހުން ރީތި މާތައް ނުކުމެ ފަރިވެލީ
މަޝްރިޤާ މަޣްރިބަށް ނޫރު ބަބުޅާ ވިދާ
ތަރިތަކާ ގުރަހަތައް އަލިވެ އެކުގައި ހަނދާ
މާމަލުން ފޮޅުނު ހުރިހައި އޮހޮރިފައި ނަދާ
ގަސްގަހުން ރީތި މާތައް ނުކުމެ ފަރިވެލީ
