އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރެއަކީ ހާއްސަ ރެއެކެވެ. އެ ރޭ މާލޭ ގަޑިން 8.28 ގައި ހިފާންފަށާ ފުރިހަމަ ހަނދުކޭތައެެއް އެ ރޭގެ މެންދަމުން އަލިވެ 1.55 އާ ހަމަޔަށް ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް ފެންނާނެއެވެ.
މި ކޭތައިގެ ވަގުތު ހަތަރު ގަޑިއިރަށް ވުރެވެސް ދިގުދެމިގެންދާނެއެވެ.
އެރޭ ހަނދު ފެންނަ ސައިޒަކީ އާންމުކޮށް ދުނިޔެއަށް ހަނދު ފެންނަ ތިން ސައިޒުގެ ތެރެއިން އެންމެ ބިޔަ ސައިޒުގައި ދުނިޔެއަށް ހަނދު ފެންނަ ސައިޒު ކަމަށް ވާތީ ރީތިކޮށް ހަނދުކޭތަ ފެންނާނެ ރެއެއް ކަމުގައި ވާނެއެވެ.
މޫސުމީ ގޮތުން ބަލާއިރު އެ ރެޔަކީ ފުރަ ނަކަތުން ދެވަނަ ރޭ ކަމަށްވާތީ އުޑުމަތީގައި ވިލާ ގިނަވެފައި ކެރީގެ އަސަރު ފޯރި ނަމަވެސް ހަނދު ނުފެންނަ ވަރަށް މޫސުން ގޯސް ރެޔެކަަށް އެ ރެއެެއް ނުވާނެއެވެ.
މިއީ، ފުރިހަމަ ހަނދު ކޭތައެކެވެ. ބަލައިލަން ތައްޔާރުވާށެވެ.
