މޮޅީ ގިރިޓީ ކުރެވިފައި ހުންނަ ލަފުޒޭ މީސްތަކުން ހައްލަން
މޮޅީ އެ ލަފުޒު ތަކުން ބޯ ކައިލުމޭ ވޯޓަށް ރުހުން ހޯދަން
އެއީ، ހުސްބުޅިބުޅީ މަސްބޭނި ފަދަ އުކުޅޭ މަހަށް ގޮސްފައި
އެއީ، ދިވެހީންގެ ކާބަފައިން ހަދާ އުކުޅޭ މަހަށް އޮޅުވަން
ކަނޑަަަށް ނުކުތުމު ކުރިން ހަލަކަށް ކަހާފައި ގިރުވަނީ ފިލިގުޅަ
ބަނޑަށް ހާންތިވެ ނުކައި އެންތައް ތިބޭކަން އެނގި ދަލަށް އަރުވަން
ވަޒީފާތަކު ތިބޭ އެންމެން ސުކީމާ ލޯނުގައި ޖެހުމުން
ވަޒީފާ ގެއްލިދާނެ ބިރަށް ރިޔާ ޖެހެޔޭ އަބަދު ފުރޮޅަން
އެފަދަ ދަށު ހާލަތެއްގައި ތިބި ހިނދަކު ހާލަތު ނުވާނެ ރަނގަޅު
އެފަދަ އުކުޅުން ސަލާމަތްނުވެ މިތިބެނީ ކީއްވެ؟ ކުރިނާރަން
ބަޔަކު އެބައެއް ޙާލަތުތައް ބަދަލު ނުކޮށެއް ނުވާނެ ބަދަލު
ބަޔަކު ނުދަތަސް "ރަޢުދުސޫރަތު އެގާރަައިގައި" އޮތީ ފެންނަން
މަގޭ ޕާޓީން ނެރޭނަމަ ކެންޑިޑޭޓަށް ހެޔޮ ބުޅާ ގަނޑަކަަސް
މަގޭ ހިތުގައި ސިޔާސީ ވާދަ އަށަގަތުމުގެ އެޔޭ ހިތިކަން
ތިމާގެ އެދުންތަކަށްވުރެ ގައުމު އިސްނުކުރާ ހިނދަކު އެ ބަލިން
ހިމާޔަތް ގައުމުވާން ނެތްކަން ނުވޭހޭ ބުއްދިކޮށް ވިސްނަން
