Support Us

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި ރަޖިސްޓްރީވާން ހުޅުވައިލައިފި

މި އަހަރުގެ ފުރަތަމަ ޚިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވައިލައިފިއެވެ.

މި މަހުގެ 20ން އަންނަ މަހުގެ 9އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި މި ކޭމްޕުގައި ހިތާނުކުރުމަށް ބޭނުންވާ ކުދިންގެ އާއިލާތަކުން ނަން ނޯޓުކުރުމުގެ ފުރުޞަތު އަންނަ މަހުގެ ތިނެއްގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް ޓްރީ ޓޮޕުން ބުނެއެވެ.

ހިތާނީ ޕެކޭޖްގެ ތަފްސީލް:

ޕެކޭޖް އަގު: 5،500ރ. (އާސަންދައަށް ފަހު)

ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 2 ޖުލައި އިން 3 އޯގަސްޓް 2025ގެ ނިޔަލަށް

ޕްރޮސީޖަރ ތާރީޚްތައް: 20 ޖުލައި އިން 9 އޯގަސްޓް 2025 އަށް

ހިތާނީ ޕެކޭޖްގައި ހިމެނެނީ:

  • ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
  • ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
  • ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
  • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
  • އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުން
  • ފޮލޯއަޕް ކޮންސަލްޓޭޝަން
  • އޮޕަރޭޝަނަށްފަހު ލުއި ކެއުން
  • ޚާއްޞަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުޞަތު

"މި ކޭމްޕުގައި ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ފަރުވާއަށް ޚާއްޞަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑރ. ޙުސައިން ހަދީވް، ޑރ. އުކްތަމް ޢަބްދުއްލާޔެވް، ޑރ. މައުމޫން ޢާޞިމް، ޑރ. އިބްރާހީމް މުޢުމިން، ޑރ. މުޙައްމަދު ޝަރީފް، ޑރ. ޢަބްދުﷲ ޢުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރު ޑރ. މެހްމެތު އޮޑަރެވެ." ޓްރީ ޓޮޕްގެ ބަޔާނެއްގައި ވެއެވެ.

ޚިތާނީ ކޭމްޕްގެ ބުކިން އަދި އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅަން ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *