ނޫހުގައި އޮއްވައި ދުށީމެވެ. "އިކިޔާ"ގެ ފެންވަރު ރަނގަޅު މުދާ "މަންޝާ އޮންލައިން" އިން ތައާރަފުކުރި ވާހަކަ އެވެ. އަދި "މަންޝާ އޮންލައިން" ތަފާތުވާނެ ވާހަކަ ވެސް އަބަދުމެ އަޑުއަހަމެވެ. އެހެންވެ "އިކިޔާ"ގެ ސާމާނުތައް ބަލައިލުމަށާއި "މަންޝާ އޮންލައިން" ތަފާތުވަނީ ކިހިނެއްތޯ ބަލައިލަން ބޭނުންވިއެވެ؛ އެތަނަށް ގޮސް އަމިއްލަ އަށް ތަޖުރިބާކޮށްލައިގެންނެވެ.
ނޫހުގައި އޮތް ހަބަރު ކިޔައިފައި ގޭތެރޭގައި އެ ވާހަކަ ދެއްކުމުން މަންމަ އާއި މާމަ އަދި ބޮޑުދައިތައެއް ކަމަށްވާ ރަހުމާއްތަވެސް އަޅުގަނޑާއެކު ދާން ބޭނުންވިއެވެ. ސަލްޓަންޕާކުގެ އިރުމަތީ މަގުގައި ހުރި "މަންޝާ އޮންލައިން" ފިހާރައިގެ ދޮރުމައްޗަށް އަޅުގަނޑުމެން މަޑުކޮށްލުމާއެކު އެތެރޭގައި ހުރި މުވައްޒަފަކު ދޮރު ހުޅުވައިލައި އަޅުގަނޑުމެނަށް މަރުޙަބާ ކިއެވެ. ތަނުގެ ފިނިކަމުންނާއި ދުވާ މީރުވަހުން ހިތަށް ތަސައްލީ ލިބިގެންދިޔައެވެ. ބޭއިޚުތިޔާރުގައި ވެސް ހިނިތުންވެވުނެވެ.
"މަންޝާ އޮންލައިން" އެއީ ޖާގައިގެ ގޮތުން ތަނަވަސް ފިހާރައެކެވެ. ކުއްލިއަކަށް ހަނދާނަށް އައީ އީދު ޗުއްޓީއަށް ކާށިދޫއަށް ދާއިރު، ގެންދާނެ ހަދިޔާގެ މަތީންނެވެ. ޔަގީނުންވެސް އީދު ހަދިޔާ ގަންނާކަށް މި ނޫން ފިހާރައަކަށް ދާނެ ކަމެއް ނެތެވެ. ކާށިދޫއަށް ދަންޏާ އަބަދުވެސް އެންމެ ފުރަތަމަ ހަދިޔާ ގަންނަންޖެހޭނީ ޒަހުރިއްޔަތަށެވެ. އެއީ ބައްޕަގެ ފޭވަރިޓެވެ. އެހެންވެ ޒަހޫ އަށް ލިޕްސްޓިކް ސެޓަކާއި އަވިއައިނެއް ނަގައިފީމެވެ.

ހަގީގަތުގައި ވެސް މިއީ ހާދަ ރީތި އައިނުތަކެކެވެ. އަންނަ ހަފުތާގައި އޮފީހަށް ނުކުންނަން ފަށާތީ ދެތިން އައިނު ނަގަން ހިތަށް އެރިއެވެ. އެކަމަކު މަންމަ ހިތްހަމަނުޖެހިދާނެތީ ގިނަ އައިނުތަކެއް ނުނެގީއެވެ.
އައިނު ހިފައިގެން އެނބުރިލި ވަގުތު ފެނުނީ ސެންޓު ރެކެވެ. އަސްތާ! ހާދަހާ ބައިވަރު ސެންޓެކެވެ. ނަން ހުސްކޮށް، ވަސް ހުސްކޮށެވެ. ނަގާނެ ނުނަގާނެއެއް ނޭނގުނެވެ. އެއް ފުޅި ނަގައިފައި ހިތަށްއެރިއެވެ. ކޮއްކޮމެނަށް ވެސް އީދު ހަދިޔާއަކަށް އެންމެ ރަނގަޅުވާނީ ސެންޓެވެ. އެހެންވެ ޖީއްކޮއަށާއި ޖަލާއަށް ވެސް ސެންޓު ނަގައިފީމެވެ. ކުއްލިއަކަށް އަޅައިގަތީ މޭކަޕްސްޓުތަކުގައެވެ. އެއީ ޖަލާގެ ފޭވަރިޓެވެ. އެހެންވެ ކޮއްކޮ އަށް މޭކަޕް ސެޓެއް ވެސް ނެގީއެވެ. ދޮންބެ ބިޒީކަމުން ތަނަކަށް ދެވޭ ވަރެއް ނުވާނެއެވެ. އެހެންވެ ދޮންބެއަށް ވެސް ސެންޓުފުޅިއެއް ނެގީއެވެ. ހަސިންތައަށް ނެގީ އިކިއާ ތުވާއްޔެކެވެ.

އާއްމު ދިރިއުޅުމަށް ބޭނުންވާނެ ވަރަށް ގިނަ ސާމާނު މަންޝާ އޮންލައިނުން ލިބެން ހުރެއެވެ. ގޭތެރޭގައި ހިފައިގެންގުޅޭ ލައްކަ ގިނަ ސާމާނާއި، ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ އެތައް ސާމާނަކާއި ލުއި ކާބޯތަކެތީގެ ތަފާތު ވައްތަރުތަކުގެ އިތުރުން، ރީތިވާ ސާމާނާއި ސެންޓާއި އަތަރާއި މޭކަޕާއި ފަތުރުވެރިކަމާ ގުޅުން ހުރި ތަފާތު އުފެއްދުންތައްވެސް އެބަހުއްޓެވެ. ނަން ހުސްކޮށެވެ. ހަމަ ހައިރާންވެ އަންތަރީސްވިއެވެ.
"މަންޝާ އޮންލައިން"ގެ ވެރިޔާ މަޝްހޫރު މަނިކު ސޭޓު ފެނޭތޯ ފިހާރަތެރެ ވަރަށް ބެލީމެވެ. ނޫހުގައި ހުންނަ ފޮޓޯތަކުން ފެނިފެނި މަންޝާ މަނިކުވެސް ވެފައި ވަނީ ވަރަށް ގާތް މީހަކަށެވެ. ނަމަވެސް ސޭޓު ފެންނަ ގޮތެއް ނުވިއެވެ. ވަރަށް ދެރަވިއެވެ.

ފިހާރައިގެ އެކި ހަރުތައް ބެލުމުގައި މަންމަ އާއި މާމަވެސް އަވަދިނެތި އުޅޭތަން ފެނެއެވެ. އެ މީހުން ބޮޑަށް އެއްކުރަމުންދަނީ ގޭތެރެއަށާއި ބަދިގެއަށް ބޭނުންވާ ސާމާނެވެ. ރަހުމާއްތަ އުޅެނީ ކުޑަކުދީންގެ ސާމާނުތައް ބަލާށެވެ. ހީވާގޮތުން ލޫތުއަށް ލިސްޓް ހަމަކުރަނީއެވެ.

އީދު ހަދިޔާ ފޮނުވަން ދެން އެންމެ ބޭނުންވަނީ ސިންގަޕޫރަށެވެ. ލޯބިވާ ކަޒިންސް، ސާރާއަށާއި ޚަލީފާއަށެވެ. އެ ދެ ކޮއްކޮ އަށް އެންމެ ކަމުދާނެ ކަހަލަ ހަދިޔާއަކަށް މި ފާހަގަވީ މީގެ ފަށާއި ފަށުފުލެވެ.

މިކަހަލަ ފިހާރައަކަށް އާދެވެމުން އަބަދުވެސް އެންމެ ހިތަށް އަރަނީ ލޯބިވާ ދިންތަގެ މަތިންނެވެ. އެހެންވެ މެލޭޝިޔާ އަށް ފޮނުވަން ދިންތައަށާއި ނުއްޕިއަށާއި ނައްޕިއަށް ވަރަށް ސަޅި ހަދިޔާއެއް ގަނެފީމެވެ. އެކަމު އެއީ ކޮން އެއްޗެއް ކަމެއް ނުބުނާނަމެވެ. އެއީ ސަޕްރައިސްއެކެވެ.

"މަންޝާ އޮންލައިން" ހުރީ އެ ތަނުް ލިބެން ހުރި ހުރިހާ ބާވަތެއްގެ މުދާ ކަސްޓަމަރުންނަށް ފަސޭހައިން ފެންނާނެހެން ތަރުތީބުކޮށް އަތުރައިފަ އެވެ. ކޮންމެ ރެކެއްވެސް ފެނުނީ އެހާމެ ތިޔާގިކޮށެވެ. މުދާ އަތުރައިފައި ހުރީ ފިހާރަ ތެރޭގައި ހިނގާބިނގާވެ އުޅުމަށް ދަތި ނުވާނޭ ގޮތަށްކަންވެސް ފާހަގަވިއެވެ. ދެބުރިއަށް ހަދައިފައި ހުރި "މަންޝާ އޮންލައިން" ފިހާރައިގެ މަތީބައި ހާއްސަ ކޮށްފައި ވަނީ އިކިއާގެ މުދަލަށެވެ. ސިޑިވެސް ހުރީ އަޅުގަނޑަށް ވެސް ވަރަށް ފަސޭހައިން އަރައިފޭބޭނެ ގޮތަށެވެ.

އިކިއާ ބްރޭންޑުގެ އެކި ކަހަލަ ގޮނޑި އާއި މޭޒާއި ރެކާއި ރަގާއި ތުވާއްޔާއި ހެދުންތައް ބައިވަރެވެ. ރަހުމާއްތަ އެންމެ ޝައުގުވެރިވީ އެ ސާމާނު ފެނިފައެވެ.

އަޅުގަނޑަށް އެންމެ ފާހަގަވީ "މަންޝާ އޮންލައިން"ގެ ދެވަނަ ބުރީގައި ހުރި ބިޔަ ބޮޑު އޮފީސް މޭޒެވެ. އެ މޭޒުގެ ޝާހީކަން ބޮޑުކަމުން، ފޮޓޯއެއް ނަގަން ވެސް އިށީނދެލަން ނުކުރެފައި ހުރެވުނެވެ. އެހެން ނަމަވެސް ހަނދާނީ ފޮޓޯއަކަށް ޓަކައި، އިށީނދެލީމެވެ.

"މަންޝާ އޮންލައިން"ގައި ހޭދަވި ކުޑަ ވަގުތުކޮޅުގެ ތެރޭގައި ފިހާރައިގެ މުވައްޒަފުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު އެހީތެރިކަމާއި ހިތްހެޔޮކަން އުފަލާއެކު ފާހަގަކޮށްލަމެވެ.
ގެންގުޅުނު ވަށިގަނޑުތައް ފުރުމުން، ގެއަށްދާން އުޅެމާ ހިނގާށޭ ބުނުމުން، މަންމަ އާއި މާމަ އަދިވެސް ބޭނުންވީ މަޑުކުރާށެވެ. ގޭތެރެއަށާއި ބަދިގެއަށް ބޭނުންވާ ހުރިހައި ބާވަތެއްގެ ސާމާނު، އޭޓު-ޒެޑަށް އެއް ފުރާޅެއްގެ ދަށުން، އަނެއްކާ އެހާ ހެޔޮ އަގެއްގައި ހުރުމުން، އެއީ ހަމަ ކޮންމެ މީހަކަށް ވެސް ވާނެ ގޮތްކަން ގަބޫލްކުރެވުނެވެ. އަމުދުން ބޮޑު އީދު އަންނަން މިހާ ކައިރިވެފައިވާ ދަނޑިވަޅެއްގައެވެ.

"މަންޝާ އޮންލައިން"އަށް ދިޔަ ވާހަކަ ބުނެފި ނަމަ އެ ތަނުގައި ހުރީ ކޮންކޮން މުދަލެއްތޯ ހަމަ ކޮންމެ މީހަކުވެސް އަހާނެކަން ޔަގީނެވެ. އެކަމަކު އެ ފިހާރައިގައި ހުރި މުދަލުގެ ނަން ކިޔައި ހުސްނުވާނެއެވެ. އެހެންވެ، މަންމަ އާއި ރަހުމާއްތަ އާއި އަޅުގަނޑު ވެސް ދިޔައީ ފޮޓޯތައް ނަގަމުންނެވެ. އެ ސުވާލުކުރާ ކޮންމެ މީހަކަށް އެ ފޮޓޯތައް ދައްކައިލުމުން އިތުރު ސުވާލެއް ނުކުރާނެކަން ޔަގީނެވެ. އެހެނީ އެންމެ ފޮޓޯއަކާ އެއް ހާސް ލަފްޒާ ނުބައްދަލުވީމައެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތައް ތިރީގައި މި ވަނީއެވެ.



























































































ދުނިޔޭގެ މަޝްހޫރު އިކިއާ ބްރޭންޑުގެ މުދަލާއެކު "މަންޝާ އޮންލައިން" ބޮޑުއީދަށް ނަލަހެދިލައިފި



advertisment

