ދިވެހި ތާރީޚު އަންގައިދޭ އެތައް ކަރުދާހެކޭ ބެލެނީ
ދިވެހިޚާންދާން ތަކަށް އަނިޔާ ސިޔާސީ އެދުމުގައި ދެވެނީ
ޣިޔާޘުއްދީނު ކަނޑުފެއްތުން އެރަސްގެގެ ކާފަދަރި ބަނދެލުން
ނިޔާޔަަށް ވުރެ ދެވޭ އަނިޔާ އެގޮތުގައި އިސް މިތާ ކުރަނީ
ރައީސްގެ މަގާމުގައި ހުންނެވި އަމީނާ، އަދި ނަޝީދަށްވެސް
އައީ، އެއްފަދަވި ގަދަފަދަ ކޮޅިގަނޑެއްކަން ފެނިފަޔޭ އެވަނީ
ނިމުން އެކަމަށްނެތޭ އަންނާނެ ދުވަހެއް ކުރިމަގަކު ފެންނަން
ބިމުން އެކަމުގެ މުލާއެކު އުފުރައެއް ނުލެވޭނެކަން އެނގެނީ
މަތީތައުލީމުގެ ހޯދައި ފާސްވެގެން އަޔަކަސް ދަރީން މިތަނަަށް
ނަތީޖާ ނެތް ތަފާތެއްވާން ސިޔާސީ ސޮފްޓުވެޔަރ އެޅެނީ
އެކަން މަޖިލީސް ތެރޭންނާ ކަންމަތީ ޖަލްސާ ތަކުން ފެނެޔޭ
އެކަމުގައި ގައުމު ގިސްލައި ރޯއަޑެއް ބޭނުން އަހަން ނުވަނީ
އެހެންތާ ވާހުށީ މޫދަށް ވެހޭ ވާރޭ ލޮނަށެ ވެދަނީ
އެހެންވީމާ، އުފަންވެ ހެދޭ ޅަޖީލު އެމަގުގަޔޭ ދާނީ
ޙަޤީޤީ ބަފަޔަކަށް ގައުމީ އެހެންވީމާ، ވެޔޭ ބޭނުން
ޢަޤީދާޔާ އުޅޭ އުޅުމާ އެފަދަ ދުވަހަކު ދިމާވާނީ
