ވަކިން ފާހަގަ ކުރާ ދުވަހެއް މައިންނަށް އޮތުމަކީ ގޯހެއް!
ވަކިވެ ބައްޕަގެ މަޤާމު ތަފާތު ކުރެވޭކަން އެއީ، ގޯހެއް!
އިލާހީ ފޮތުގެ އާޔަތަކުން ފެނޭތޯ ކުޑަވިޔަސް ފަރަޤެއް
ފިލާވަޅު މާތްވި ޤުރުއާނުން ނުނެގުމީ އެކަމުގައި ގޯހެއް!
"މައިންބަފައިން" މިފަދައިން ނޫން ގޮތެއްގައި ބަސްފުޅެއް ނުވުމާ
އައިސްފައި އޮންނަ "އެދެމީހުން" އެލަފުޒު ނުދަންނަނަމަ ގޯހެއް!
"هُمَا" "لَهُمَا" ނުވަތަ އަދި "وَالِدَيْنِ" ނުވޭ މިނޫން ލަފުޒެއް
ސުމާރު ތަކުން އެމާތްފޮތު ހުރި އެކަން ނުދަތުން އެއީ، ގޯހެއް!
ހުޅަނގު މީހުން ތަޢާރުފުކޮށް އެމީހުން ފަތުރުވާ ގޯހުގެ
އުޅަކުގައި ހިފުމަކީ ވިސްނައި ނުލައި އިސްލާމުނަށް ގޯހެއް!
އުޅޭން އޮތް ހަމަ ބަޔާންވެ އެނގޭ ފޮތުގެ މައްޗަށް ނިދާން ތިބެފައި
ކުޅޭން ހުޅަނގުގެ ބެރަށް ތިބެގެން ނަށާނެށުމީ ހެދޭ ގޯހެއް!
