Support Us

ހުޅުމާލެއަށް 21: ބޮޑެތި ފައިސާގެ އިނާމުތަކާއެކު އެޗްޑީސީގެ މަސް ރޭސް

ބޮޑެތި ފައިސާގެ އިނާމުތަކާއެކު، މަސް ރޭހެއް ބާއްވަން އެޗްޑީސީން ނިންމައިފިއެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، އެޗްޑީސީއާއި އުރީދޫ ގުޅިގެން މި މަސް ރޭސް ބާއްވަނީ މި މަހު 15 ގައެވެ. މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މި މަހުގެ ހަތެއްގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އެޗް.ޑީ.ސީން ބުނިގޮތުގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.

އިނާމުތައް:

  • އެންމެ ގިނަ މަސް ބާނާ ޓީމަކަށް 21،000ރ.
  • އެންމެ ބޮޑު މަސް ބޭނި މީހަކަށް 5،000ރ.
  • އެންމެ މޮޅު ކެޔޮޅަކަށް 5،000ރ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ. އެގޮތުން، ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *