ފުރައިގެންހޭ ދަނީ މިތުރާ ވަދާޢީ ކަރުނަ ހިލުވާފާ
ދުރަށް އެތަކެއްގެ ފަރުސަޚަކަށް އެނބުރި އައުމަށް ވަޢުދު ކޮށްފާ
ނުހަނު ހެޔޮ ވަގުތުތައް އެތަކެއް އެކީގައި ވޭތުކޮށް ދީފައި
އުހައުވެރި ކަމުގެ ވާދީތައް މަލުން ފަރި ރީތި ފުރުވާފާ
ހިތާ ނަފުސަށް އަރާމު ލިބޭ ތަފާތު ރަހައިގެ މޭވާތައް
މިތާނގައި ފޯދިފައިހުރި ގަސްގަހުން ބިނދެ ހިތް ފުރައިދީފާ
ހިނގަންއޮތްމަގު ދިލައިއަލިކޮށް މަގުން ކުނި ބުނި ނަގައިދީފައި
ހިނގައި ރޭގަނޑުގެ އަނދިރީ ވެސް ދެވޭ އަލިކަން މަގަށްދީފާ
ސިކުންތެއްވަރުގެ މިންވަރުވެސް ދުރަށް ނުމެގޮސް އެކީއުޅުމުން
ފިކުރުގައި ކުލުނުވެރި ލޯތްބީގެ ބާނިން ބާނި ފޮޅުވާފާ
އެކަނިވެރިވުމުގެ އިޙުސާސްތައް ވަށާލައި ހާސްވެދާ ހިނދުގައި
އެކަމުގެ ހިތާމަޔާ އަސަރުން ފަތަން ކަނޑުގައި އޮޔާލާފާ
