މިއަދު އަދި މާދަމާވެސް، ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ "ދިވެހި"ބަހާ.
މާޒީއާއި މިއަދު އަދި މާދަމާވެސް، ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް."
މި އަހަރުގެ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހަކީ ފެބްރުވަރީ 21 އެވެ. މި އަހަރުގެ ޝިއާރަކަށް ޔުނެސްކޯ އިން ކަނޑައަޅައިފައި ވަނީ "ދެމެހެއްޓެނިވި ތަރައްގީއަށް ބަސް މުހިންމު އެއްޗަކަށް ހަދާށެވެ." އެވެ.



advertisment