ރައިވަރެއް ހެދޭތޯ
ސައި ނުބޮއި އެބަ ފެށީމޯ
ކައިނު މެންދުރު ހިނގައްޖޯ
އައި ބަހެއް ހަމަ ހަރާމޯ
ނައި ނުމެ ކަމަށް އަދި ނިންމާ
ލައިފީމޯ މަ ނިންމާ
*
މާ ހެނދުނު އެ ހެނދުނާ
ނާ ފެނުނު މޫ ފަރި ލޮލާ
ލާސުވާ ވިއެ ބާޖަވާ
ވާ އެއީ ހިތު ހުވަނދުމާ
މާ ފޮޅޭ ލުން އެ ބެލުމުން ލޮ
ލާ ހަމަ ލޯ އެ ވުމުން ލޮ
*
ޔާތުގެޙަ ދަންމަރޭ
އާނަކީޤުރް ތެދު މަގޭ
ވާ ހިތަށް އަދު ފިނިކަމޭ
މާދަމާ އޭ މިތުރެކޭ
ލާއިދު ދުރަށް ލާ! ހިތާ ނު
ދާތި! ފެއަށް އެ ފޮތާ ނު
*
ހީވިއޭ ބައްޕައޭ
ނީ މަށަށް ލިބު އަލަ މި ށޭ
ވީ އަހަރުކޮޅެކޭ އިނގޭ
ހީވި ހީވުން ވީ ކުށޭ
ނީ ފަހަރު ވެސް މި ށަށްމަ ލިބު
ނީ ދޮނެކޭ ށަށްމަ ލިބު
*
ތުންކަނޭ ހޭއެނގޭ
ފުންސަ މި ކިޔާ އެތްދަތޭ
ކުން ބޮޑަސް އެއަ ނުމެ ހެފޭ
ހުންނަ ދައްކަން އެއްޗެކޭ
ކުން ވަގަށް ހުންނަ ބާރު ދަތަ
ކުން ހަފަނީ ސިއްރު ދަތަ
*
ހެއްލި އުކި ގަނޑުގަނޑުން
ހެއްގަ ނުފަޅާ ދަނޑުދަނޑުން
ހެއްމަ ނުވިހާ ކަނޑުކަނޑުން
ހެއްޅި ނުކިޔާ ބަނޑުބަނޑުން
ހެއްގި ނުމެ ލައި ހެ ވީ ލާންބަ
ހެއް ނެތި ދެން ވަޅުލާން ބަ
*
ލަށްލޮ ހެޔޮ ފެނުނަކަސް
ތަށްފަކަން އަދި އިވުނަކަސް
އަށްދިބުއް ކެހި ނުދެވުނަސް
ރަށް ގޮވީމާ އޭ ތެދަސް
ށަށްތަ ފޭކޭ އެއީ ދޮގު މަ
ށަށް މަ ހަދާނަމެ ދޮގު މަ
*
ރަންނަ އެރި މާރިއާ
ދަން ފެނުނު ވަރު ޖިންނިއާ
ވަން އެ ރޮއް އައި ވޯރައާ
ތަންގަނޑުން ދުށް ހަންޑިއާ
ލަންހި ނެތުނީ މިތާ މެންމަ
ރަންމަ މުންނެ ފުދު މެންމަ
*
ބަސްއަހައި ކޮށްނުލަސް
ބަސްފޮތުން ނުވެ ތިން ދުވަސް
ބަސްތަކެއް ގިނަ ކުރިއެދަސް
ބަސް ނުއެނގުނޭ އެހެނަކަސް
ބަސް މި ބަސް މީ އެ ބަހެކޭ ދެ
ބަސް ނުވެވޭ ކަމެކޭ ދެ
*
ރައިވަރެއް ނުހެދުނޭ
ހައިކަމެއް ނުމެ ފިލިމެއޭ
ހައިވިއަސް ހިތަކަށް ނައޭ
ހައި އެ ތިން ހަ ބަހެއް ގުޅޭ
ގައިހިތު މޮޅޭ އޮތަކަސް ހަމަ މަ
ހައި މީހެއް ތޭނެ ހަމަ މަ
