Support Us

ސްޓެލްއިން ކ. ތުލުސްދޫގައި ހަދަމުން އަންނަ މެކެނިކަލް ޓްރޭނިން ސެންޓަރުގެ ހިޔާލީ ކުރެހުމެއް

ތުލުސްދޫގައި ހަދަނީ ސްޓެލްކޯ މުވައްޒަފުންގެ ހާއްސަ ފަރުމާއެއްގެ ތަމްރީނު މަރުކަޒެއް

ކ. ތުލުސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އިމާރާތް ކުރަމުން އަންނަ "މެކެނިކަލް ޓްރެއިނިން ސެންޓަރަ"ކީ ހާއްސަ ޑިޒައިނެއްގެ ތަނެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މާލެ އާއި ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯއިން ފޭސްބުކްގައި ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ އިމާރާތުގެ ބޮޑު ބައެއް ނިމިފައިވާ މަންޒަރެވެ.

"މެކެނިކަލް ތަމްރީނު ދޭ މި މަރުކަޒުން ދައްކުވައިދެނީ ލާމަސީލު ފަރުމާއައް. މި އިމާރާތް ފަރުމާކުރީ މުޅިން ވެސް ސްޓެލްކޯގެ މުވައްޒަފުން. މީގެން ދައްކުވައިދެނީ އެ މީހުންގެ ޕްލޭންކުރުމުގެ ހުނަރުތައް،" ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ވިދާޅުވިއެވެ.

ކުރިއަށްދާ މި މަޝްރޫއުގައި އިމާރާތް ހަދައި ނިމުމުން ހުންނާނެ ގޮތުގެ 3-ޑީ މޮޑެލްގެ ކުރެހުމުގެ ވީޑީއޯއެއް ފަހުމީ ވަނީ އޭނާގެ އެކްސްގެ ޕޯސްޓްގައި ހިމަނުއްވައިފައެވެ.

ސްޓެލްކޯއިން ކ. ތުލުސްދޫގައި ހަދަމުންނަ އަންނަ މެކެނިކަލް ޓްރޭނިން ސެންޓަރު

"އިމާރާތް ކުރުމުގެ ހިޔާލުން ފެށިގެން އިމާރާތް ކުރުން ތަންފީޒު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަނީ ސްޓެލްކޯ މުވައްޒަފުން،" ފަހުމީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަޝްރޫއު ހަގީގަތަކަށް ހެދުމަށްޓަކައި ސްޓެލްކޯ މުވައްޒަފުން ދޭ ފުރިހަމަ އިހުލާސްތެރިކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ސްޓެލްއިން ކ. ތުލުސްދޫގައި ހަދަމުން އަންނަ މެކެނިކަލް ޓްރޭނިން ސެންޓަރުގެ ހިޔާލީ ކުރެހުމެއް

.