Support Us

ތާރީޚުވެސް ބޭރު މީސްމީހުންގެ ފޮތުން 

ކިންގުންގެ ޓައިޓަލްގައި އިހަށް އޮތް ބާރަހާސް ރަށް ގެއްލުނީ
އިން ހަނިވެގެން ގައުމުގެ އެދިޔަ ސަބަބާ ލިޔުންތައް ގެއްލުނީ

ޅަޒުވާން ދިވެހި ޖީލަށް އެހެރަ ކަންކަން ނުލަތެ ރޭކައި މިއަދު
ނަޒުމެއްގެ ބައިތެއްގައި ވިޔަސް ލިޔެގެން އެކަން ބުނެ ނުދެވެނީ

ގައުމުގެ އިމާ ބޮޑުމިން އިހުގެ ލިޔެފައި ނުވާތީ މިތަނުގައި
ނައުނައު ފަހަރުގައި އައި ބަޔަކުން ލިޔެދިން ތަކެއްޗޭ ފެންނަނީ

ބެލް އާ މޮރެސްބީ އާ ބަތޫތާ ފަދަ ބަޔަކު ނުލިޔުނު ނަމަކަ
ގެއްލުނު ތަކެއްޗާ ތަންތަނުގެ އެނގުމެއް ނުވީސްކަން މިއެނގެނީ

ހުޅުހުޅު ޖަހައި އަންދައި ހަދާ ތަކެތީ ތެރޭގައި ހުލި ވެގެން
ހުޅުގަނޑު ނިވޭއިރު އަސަރުނެތި ފޮތްފޮތް އަނދައިގޮސް ހުލިވަނީ

ހަތްމިސްކިތާ ގަނޑުވަރު އެކަށް އަންދައިލިރޭ ހޮޅިއިން އަރައި
ފަތްފުށް ކިތައް އަޅިޔަށްވެގެން ދިޔަކަން ހަނދާން ނެތިފައިވަނީ

ހިތުހުރި އިރަކު ހިތުހުރި ބަޔަކު ހިތުހުރިގޮތަށް ލިޔެ ހެދުމުގައި
މިތުރުންގެ ވާހަކަތައް ރަނުގެ އަކުރުން ލިޔަން އިސްކަން ދިނީ

ވެރިކަމުގެ ބޭނުމުގައި މިތާ ދެމިއޮންނަ ކޯޅުން ތަކުތެރޭ
ގެރިތައް ދެބޯ ދުއްވައި ހަދަން ތާރީޚުވެސް އޮޅުވައިލަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *