އެއް ލައްކަ ރުފިޔާގެ ނަސީބުވެރި އިނާމަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ރޭ ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން ހިންގާ މި ސޭލް ކުރިއަށްދާނީ އަންނަ މާރިޗު މަހުގެ ނިޔަލަށެވެ.
"އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައިވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ އެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.
"މިއަހަރުގެ ރަމަޟާން ބާޒާރުގައި %50 އާ ހަމައަށް ހޯމްއެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެވެ. އަދި 500ރ. އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާއިރު ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރަމަޟާން ބާޒާރު 2025ގެ އެންމެ ޙާއްސަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000ރ. ގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ."

މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯރ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.



advertisment

