Support Us

ޒުވާން އަންހެން ކުއްޖެއްގެ ކުއްލި މަރުގެ މައްސަލަ ފުލުހުން ބަލަނީ

ހުޅުމާލޭގައި އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ރޭ މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުރީދޫގައި މަސައްކަތް ކުރާ ފާތުމަތު ޒަހާ އަހުމަދު ޝަކީލް، ރޭ 11:30 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. ޒަހާ މަރުވި މައްސަލައިގައި ފުލުހުން ވަނީ ތަހުގީގު ފަށާފައި ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޒަހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކޮވިޑް19 އަށް ޓެސްޓްކޮށް ޕޮޒިޓިވް ވެފައިވީ ނަމަވެސް ޒަހާ އަކީ ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ގޮތުގައި އެޗްޕީއޭއިން ގުނާފައެއްނުވެ އެވެ.

އުރީދޫ މޯލްޑިވްސްގެ އެއާޕޯޓް ބައިގައި މަސައްކަތް ކުރަމުން ގެންދިޔަ ޒަހާ އެ ކުންފުންޏާ ގުޅިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ. ޒަހާ މަރުވުމާ ގުޅިގެން އެ ކުންފުނިން ވަނީ އެކަމާ ހިތާމަކުރާ ކަމަށާއި ޒަހާ ނެތްތަން ދައްކާނެ ކަމަށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އޯކޭ. ދެން މިހާރު މައްސަލަ އެވަނީ ނިމިފައި. މިބުނީ ނޫސް މެދުވެރިކޮށް ތިކަން އިޢުލާނު ކުރެވުނީމާ މައްސަލަ ބަލާ ނިމިއްޖޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *