ހުޅުމާލޭގައި އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ރޭ މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުރީދޫގައި މަސައްކަތް ކުރާ ފާތުމަތު ޒަހާ އަހުމަދު ޝަކީލް، ރޭ 11:30 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. ޒަހާ މަރުވި މައްސަލައިގައި ފުލުހުން ވަނީ ތަހުގީގު ފަށާފައި ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޒަހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކޮވިޑް19 އަށް ޓެސްޓްކޮށް ޕޮޒިޓިވް ވެފައިވީ ނަމަވެސް ޒަހާ އަކީ ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ގޮތުގައި އެޗްޕީއޭއިން ގުނާފައެއްނުވެ އެވެ.
އުރީދޫ މޯލްޑިވްސްގެ އެއާޕޯޓް ބައިގައި މަސައްކަތް ކުރަމުން ގެންދިޔަ ޒަހާ އެ ކުންފުންޏާ ގުޅިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ. ޒަހާ މަރުވުމާ ގުޅިގެން އެ ކުންފުނިން ވަނީ އެކަމާ ހިތާމަކުރާ ކަމަށާއި ޒަހާ ނެތްތަން ދައްކާނެ ކަމަށް ބުނެފައެވެ.



advertisment
One Response
އޯކޭ. ދެން މިހާރު މައްސަލަ އެވަނީ ނިމިފައި. މިބުނީ ނޫސް މެދުވެރިކޮށް ތިކަން އިޢުލާނު ކުރެވުނީމާ މައްސަލަ ބަލާ ނިމިއްޖޭ