Support Us

މަންމޯހަން ސިންގްގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައިފި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގްގެ ހަނދާނުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ސޮއިކުރައްވައިފިއެވެ.

ދަފުތަރުގައި ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި މެސެޖުގައި، ޑޮކްޓަރ ސިންގްއަކީ ތަޖްރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި، ޚާއްޞަކޮށް ޙިކުމަތްތެރި ނިންމެވުންތަކާއެކު އެތައް ބައެއްގެ އިޚްތިރާމް ހޯއްދަވާފައިވާ ޝަޚްސެއްކަން ފާހަގަކުރެއްވިއެވެ. އަދި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޑޮކްޓަރ ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގެ ހަނދާންތައް އައުކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމުގެ އުއްމީދުތަކަށް އިތުރު ހަރުދަނާކަމެއް ލިބިގެންދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި ޑޮކްޓަރ ސިންގްގެ ޢާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުންނެވެ.

ޑޮކްޓަރ މަންމޯހަން ސިންގް އަވަހާރަވީ މި މަހު 26 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *