Support Us

ގަައުމު އިސްނުކުރާ ސިއްރަކީ ކޮބާ؟

މިގައުމުގެ ފޯޅަވަހި އަތުލަން ނަގާނީއިސް ރަނގަޅު ވެރިއެއް!
މިގައުމަށްވުރެ އެހެން ބަޔަކަށް އެތަން ދޭނީ ނުބައި ވެރިއެެއް!

މިގައުމުން ބޮޑުބައެއް ގެއްލޭން ރުހުން ދޭނީ ނުބައިވެރިއެއް!
ހިނގައިދިޔަ ކޮލޮނައިޒް ނިންމާން ނެތޭ ދެން މާކަގިނަ ވަގުތެއް!

އެކަމުގައި އިސްވި ދެރައީސަކު ލިޔުން މޮރިޝަސްކޮޅަށް ދިނަކަސް
އެކަން ބާޠިލު ކުރަން މިއަދުގެ ރައީސަށް ލުއިފަސޭހަ ކަމެއް!

ޔަޤީންވޭ ފޯޅަވަހި މޮރިޝަސް ދަށަށް ގެންގޮސް ނިމިއްޖިއްޔާ
ޙަޤީޤަތުގައި ލިބޭ ގެއްލުން ގުނައިގެން ވާންނެތޭ ޢަދަދެއް!

އެޙާލަތު ރައްޔިތުންނަށް ޖައްސުވަން ހެޔޮވާނެތޯ ވެރިޔަކު
އެޙާލަތު ވެރިވުމީ ގައުމުގެ ވެރިންދޭ ބޮޑު ނުބައިވި ލަނޑެއް!

ވިލާތުގެ ނިންމުމެއް އިވިފައި ދިވެހި ފަރުދުން ތެދުވެ އެކަމަށް
ފިލާތައް ފަތްފަތާ ހާވައި ފެށީ ނެރެދޭށަ އޮތް ލިޔުމެއް!

ކުރަން ދުނިޔޭގެ "އައި.ސީ.ޖޭ. ޙުކުމް އެކަމަށް ބަލައިގެން ހެކި
ހުރަސް ނޭޅޭ ވަރަށް ޙުކުމަށް ޖަމާކުރި ހެކި ނުވޭ ޢަދަދެއް!

މިކަމުގައި އެކުވެ ގުޅިގެން ކަން ކުރަން ދަޢުވަތު ރައީސަށް ދީ
މިކަމުގެ މިއެއްކުރާ ހެތްކަށް ބަލަން ފޮނުވޭ އެތައް މެސެޖެއް!

ރިޔާސީ ވަޢުދަކަށްވީތީ ސީޓީއެއް ފޮނުވިޔަސް ލުއިލުއި
ނިޔާއެއް ކޯޓަކުން އިއްވައި އެތަން ނުލިބޭނެޔޭ އަދިއެއް!

މުނައްވަރު ފަދަ ކުފޫހަމަ މޮޅު ވަކީލަކު އިސްނުކޮށް މިކަމަށް
ފުނަށް ފީނޭ ވަރުގެ ބަންޑާރަ ނައިބުން ތިބިތަ؟ ނެތް ޝައްކެއް!

ސިޓީއާ މެސެޖު ފޮނުވައިގެން ވެރީން އަރިހަށް ހިނގައިގެންވެސް
މިޓީމުގެ މެންބަރުން މިކަމަށް ކުރާ އާދޭސް ނުގަތް ބަލައެއް!

އިޖާބަ ނުދޭ ސަބަބު އެނގިފައި ނެތަސް މާޔޫސް ނުވޭ ޓީމެއް
ޙިޖާބު އެކަމުގެ ކެހިލީމާ ސަބަބު ނުމެވާނެޔޭ ސިއްރެއް!

އެހެންނަމަވެސް ޝުކުރުވެރިވަން ރައީސްގެ ސިޓީގެ އަޑުއިވުމުން
ފެހެންދީބާއި ކަނޑު ލިބުމަށް އެއިންވެސް ހުޅުވިދާނެ ދޮރެއް!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *