Support Us

އޭ ލޯބިވާ ގައުމާއެވެ!

މިގައުމުން ބޮޑުބައެއް ގެއްލެން ރުހޭނޭބާ! ދިވެހި ދަރިއެއް
މިގައުމަށް އޮތް ތަނެއް އިހުގައި ދަމައިގަންނަން ނުޙައްޤު ބައެއް

ދިވެހި ތާރީޚު ކިޔަވައި ދަސްނުކޮށްދީ އޮތް ކަމުގެ ފައިދާ
ދިވެހިގައުގެ ވެރީންގެ ތެރޭން ބަޔަކު ނެގުމީ ޚިޔާނާތެއް

ޑޮކިޔުމެންޓުން ނުފޮރުވޭނޭ އެގްރިމެންޓާއި އެމްއޯޔޫ
ޑޮކިޔުމެންޓުގެ ތެރޭ ހުރުމުން ސިޓީ ސިއްރަސް އެއީ ހެތްކެއް

ސުވާދީބާއި ޖެހިގެން ދެކުނުގައި އޮތް ފޯޅަވަހި ދަންނައެ
ހުވާކޮށް ބުނަމެ ބޮޑުބާރުން އެއީ، ކޮލަނައިޒު ކުރި މިލްކެއް

ނުވައްޗޭ އެކަކުވެސް މާޔޫސް އެތަން ނުލިބޭނެޔޭ ހީކޮށް
އުވައިލެވިފައި އެގްރިމަންޓާ ސިޓީ އުވުމަށް ނުވާނެ ލަހެއް

ނެތޭ އިޓްލޮސްގެ އަމުރެެއް އޮތް އެތަންދޭކަށް އެ މޮރިޝަސްއަށް
ނެތޭންވީ ކުރި އެ ކޮލަނައިޒޭ އެނޫން ކަމަކަށް ނެތޭ ހުކުމެއް

އެހެންނަމަވެސް އެތަން ހޯދަން އުޅޭތީ މާބޮޑަށް މޮރިޝަސް
ފެހެންދީބުގެ އަތޮޅުތައް ދޭން ވިލާތުން ކުރި އެއީ، ހީއެއް

ކުރަން ޑީކޮލަނައިޒް ތަންތަން އުސޫލަށް ކަނޑައެޅުނު ބެލުމުން
ދުރަށް މާޒީގެ ފީނައިގެން ނުނެރުނަސް ހެކި އެއީ، މިލްކެއް

އެހީގައި ނޫންކަމެއް ނޭނގޭ މިތާހުރި ބޭންކު ދޭ މަދަދުގެ
އެހީވެދެނީ ބަޔަކު ލިޔެގެން އެއީ، ސީދާ ޚިޔާނާތެއް

އެހެންނަމަވެސް ދިވެހި ފަރުދުން ނެގީއިސް ފޯޅަވަހި ހޯދަން
ފެހެންދީބުން ގަލެއްވެސް ހިކި ނުދީ އަތުލާށަ ކޮންމެ ރަށެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *