ވަފާތެރި ނުވެ ދިވެހި ގައުމަށް ލަފާ ނުދެވޭނެ ތާރީޚުން
ތަފާތެއް ނުކުރެވޭ ގޮތުގައި ދޮގާތެދު އޮޅުވަމުން ދިއުމުން
ސަލޫލުގެދަރި އުބައްޔާ އަދި އެ މުޠުޢިމުބުނު ޢަދިއްޔު ގޮތަށް
ފަލޫދާ ފިތުނަވެރި ކައްކަން ނިފާޤުގެ ހަކުރު އެއްކުރުމުން
ދެމޫސުން ފުރޮޅިގެން ދާއިރު އެމީހުން އުފުލުމުން ކޮނޑުގައި
ދެމޫނުގެވެރިކަމުގެ ސުންޕާ ކަމުގެ ކޮޅިގަނޑު ދިޔަސް ޖެހެމުން
ބަލާއެއް ނުޖެހެޔޭ ގައުމަށް އަޑީ ދިވެހީން ނުވާ ފަހަރަކު
ސަލާމަތް މިއަދުވެސް ނުވެޔޭ އެކަންކަން ވިސްނިފައި ނެތުމުން
ފެހެންދީބުން ރިސޯޓުހަދަން ވަޒަންވެރިކަން އެދޭ މީހުން
ޖެހެޔެ މޮރިޝަސްކޮޅަށް ހީލަތް ހަދާފައި ގައުމު ބިކަ ކުރަމުން
ދިވެހި ގައުމަށް ވަފާތެރި ހެޔޮ މުއައްރިޚުނަށް ނުދީ އިސްކަން
ރިވެތި ގޮތުގައި މިވާހަކަތައް ނުފޯރާނޭ ގަލަމުގެ ތުނޑުން
ވެރީންނޭ ލޯބިވާ ގައުމަށް ސަމާލުވެ އިސްކަމެއް ދެއްވައި
ވެރީންކުރެ އިސްވި ބަޠަލުންފަދަ ވެރިންނަށްވާށެ ހެޔޮ ނިޔަތުން
