މަޙުޝަރަށް އީމާންވުމޭ ހިތްތަކުގެ ވަތުގައި ނޯންނަނީ
ފަހުޒަމާނުގެ ގިނަ ކަތުން އެގޮތުން ފުރެދި މަގުގެއްލެނީ
ވަހުމުތައް އިބީސްް ހިތަށްވައްދައި އެދޭ ވަސްވާސްތަކުން
ޝަހުވަތުގެ ދާންތަައް ޢިބާދާތެއް ކަމަށް ދެކެމުންދަނީ
އަމުރު މަޢުރޫފަަށް ބޮލާ ކަނދުރާ ލެނބުން ނެތިގޮސްއެކީ
ޚަމުރަކީ ބޯފެން ކަމަށް ދެކެ ބޯން ލިބޭ މަގު ފަހިވާނީ
ހެޔޮ ނަސޭހަތަކުން އަސަރު ކުރުމެެެއް ނެތީމާ ހިތްތަކަށް
ތެޔޮހަމެއް ޝުކުރެއްގެ ގޮތުގައި ވާއިޒަށް ދެވެމުންދަނީ
ދުނިޔޭއީ ކައުނުގެ ތެރޭ އޮތް ގުޅަވަރެެއްކަން ނޭނގުމުން
ފުނިޖަހަން މުދަލަށްޓަކައި އަނެކާގެ ޙައްޤަށް އެރެވެނީ
ނެތިފަނާވެ ނުދާ އެކަކުވެސް ދުނިޔެއަކު ނޫޅޭނެކަން
ކެތިހިނގާމަގު ދަންނަނަމަވެސް ވަންހަނާވާން ނޯންނަނީ
ދުނިޔެއަށް ރުސުލުން ގެނެސްދެއްވެވި ޝަރީޢަތް ދޫކުރެވި
މުނިއަވަސް ފިލުވަން ޔަހޫދީ ލަވަތަކަށް ނެށެމުންދަނީ
ބުއްދި އިސްކޮށް މަޙުޝަރާމެދު ބިރުވަތައި ތައުބާ ވެގެން
ހުއްދައިމުގައި ހިނގި އަޅުންނަށް ޖަންނަތުގެދޮރު ހުޅެވެނީ
