Support Us

ހުޅުމާލޭގެ މޮނިއުމަންޓްތައް ޑިޒައިން ކުރުމުގެ މުބާރާތުގެ އެއްވަނަ ޝައިމަން އާއި އިފާޒަށް

އިނާމަކަށް އެއްލައްކަ ރުފިޔާ ދޭ، ހުޅުމާލޭގެ މޮނިއުމަންޓްތައް ޑިޒައިން ކުރުމުގެ މުބާރާތުން އަބްދުﷲ ޝައިމަން ވަހީދާއި އިބްރާހިމް އިފާޒު އެއްވަނަ ހޯދައިފިއެވެ.

ހުޅުމާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ ފުރުސަތު ދިވެހި އާޓިސްޓުންނާއި ޑިޒައިނަރުންނާއި އާކިޓެކްޓުންނަށް މިދިޔަ ސެޕްޓެމްބަރު 25 ގައި ހުޅުވައިލުމުން ގިނަ ބަޔަކު ވަނީ ޑިޒައިންތައް ހުށަހަޅައިފައެވެ. މީގެ ތެރެއިން އެއްވަނަ އަށް ހޮވުނު ޝައިމަން އާއި އިފާޒުގެ ޑިޒައިންތައް އެޗް.ޑީ.ސީން މިއަދު ވަނީ އާންމުކޮށްފައެވެ.

"މި މުބާރާތުގެ މަގްސަދަކީ ދިވެހި ފަންނުވެރިންގެ ބައިވެރިވުމާއެކު "ދިވެހިންގެރާއްޖެ" ތީމްއާ ގުޅޭ ގޮތަށް، ރާއްޖޭގެ ސަގާފަތާއި އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމެވެ." އެޗް.ޑީ.ސީން ބުނެފައިވެއެވެ.