އަންހެނުންނަށް ޚާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން ކުރިއަށް ގެންދާ މި އެޕްރެންޓިސް ޕްރޮގްރާމްގައި ފުރުސަތު ދޭނީ ޖުމްލަ 18 ބައިވެރިންނަށް ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ. އުމުރަކީ 18 އަހަރާއި 35 އަހަރާ ދެމެދެވެ.
އެޕްރެންޓިސް ޕްރޮގްރާމްގައި ހިމެނެނީ ހަތް ދާއިރާ އެވެ.
ދާއިރާތަކާއި ޖާގަ ދީފައިވާ އަދަދު:
- ވެލްޑިންގ– 4 ޖާގަ
- ކާޕެންޓަރ– 2 ޖާގަ
- މެޝިނިސްޓް– 2 ޖާގަ
- މެރިން މެކޭނިކް (މެރިން އިންޖިނިއަރިންގ)– 2 ޖާގަ
- އިލެކްޓްރިޝަން (އިލެކްޓްރިކަލް އިންޖިނިއަރިންގ)– 3 ޖާގަ
- މެކޭނިކް (ވެހިކަލް ރިޕެއަރ)– 2 ޖާގަ
- އެއަރ ކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން– 3 ޖާގަ

ހަ މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު 5000ރ.ގެ އެލަވަންސެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
"މި ޕްރޮގްރާމަކީ މަސައްކަތުގެ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މީހުން ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިންވެސް އެމް.ޕީ.އެލްއިން އިން ވަނީ އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގައެވެ. އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވި ބައެއް ފަރާތްތަކަށް ކުންފުނިން ދާއިމީ ވަޒީފާވެސް ވަނީ ލިބިފައެވެ." އެމް.ޕީ.އެލްއިން އިން ނެރުނު ބަޔާނެއްގައި ވެއެވެ.
"މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://rb.gy/dvg46c ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 24 ނޮވެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ."



advertisment

