ރާގު: ސަލާމާ ލޯބި ޝުކުރިއްޔާ…!
ކަލާޔާ ވަކިވެގެން ދުރުގައި ހުރުން ކެތް ވާވަރެެއް ނޫނޭ
ހަލާކުވެ އަޅުގެ ޖިސްމުއެކީ ފަނާވެ ނުދާވަރެއް ނޫނޭ
ބަހާރުރަބީޢު ފޮޅުވައިދިން މަލުގެ ތަޝްރީފު ހަނދުމަވުމުން
ވަހާ ރަހަ ތިޔަމަލުން ނުލިބޭ ގޮތަށް ހުރެވޭ ވަރެއް ނޫނޭ
ޝަޒާއިން ހިތްފުރައިލައިދިން އަރާމާ ލައްޒަތާ ދުރުގައި
ސަޒާ ލިބިލިބި މިހާލެއްގައި އުޅެން ކުޅަދާނައެެއް ނޫނޭ
ލޮލުގެ ފުންކަމުގެ ޖާދޫގައި ހިތާ ނަފުސާއި ޖެހުނީމާ
ކޮލުގެ މަސްތީ ޣަރާމުން ބީވެގެން ހުރެވޭ ވަރެއް ނޫނޭ
ކަލާހިނިތުންވެލާ މަންޒަރު ރިވެތި ފިނިފެންމަލެެއް ފަދަވީ
ބަލައި ފޫއްސެއްނުވާ ޖަޒުބާތުގައި ނުފަތާ ވަރެއް ނޫނޭ
ވިލާތައް ކެހެވި އުޑުމަތި ސާފުވީ ރޭރޭގެ ސާއްބަކަމުން
ހިލާލުގެ އެންމެ ފުރިހަމަ ހަނދުވަރަށް ނޭދޭ ވަރެއް ނޫނޭ
ފުރާނަ ހަށީ ހުރީތީ ތިޔަ ހަނދާންތައް ބާނިލާ ފޮޅެމުން
ތުރާތައް ޢިޝްޤުގައި ހިތުގައި ވިކާ ވިކުމެއް މަޑެއް ނޫނޭ
