ތަހާނީ އުއްމަތަށް ފޮނުވޭ ހިތުގެ ޢުމުޤުން އެކީ ފަޖުރާ
ވަހާ ކުލައިން ވެ ޒީނަތްތެރި ދިވެހިދީބުގެ ތެރޭ ފަތުރާ
ވިރާސީ ވާރުތައިގައިއޮތް ރިޔާސަތު ފުރޮޅިގެން ގޮސްފައި
މިރާއްޖޭގައި މި ޖުމްހޫރީދުވަސް ގުޅުވައިލުމުން ފިކުރާ
އަތަށް ދިވެހީންގެ ބާރުލިބޭ ނިޒާމެއްގައި ފެށެވި ވެރިކަން
ވަޠަނުގައި މޫލަވެރި ގޮތުގައި ވިޔޭ ގާއިމު ދެކުނު އުތުރާ
ފުރޭފަންސާސް ހައެއް މިއަހަރު އުވައިލީތަން ދިވެހި ރަސްކަން
ހުރޭ ތާރީޚުގައި ފެންނަން ކިތާބީ ހެކި ލެވުނު އަތުރާ
ޒަމާންތައް ދިގުލަމުން ދާއިރު މި ޖުމްހޫރިއްޔަތާ ރަސްކަން
ސަމާސާޔާ ނުލައި އަޅުވައި ބަލައިލީ ކާކުތޯ؟ ތަކުރާ
މަސަލަހުން ގައުމު އޮވެގެންތޯ؟ ދަނީކުރިޔަށް ހަލުވި ދުވެލީ
ޙަސަދައެއް ކުލަޔަކަށް ނުމެލައި ބެލިންތޯ؟ ކޮއިފުޅާ ބަކުރާ
