ފެހުނުން ޣުބާރުގެ ކަޅުވިލާ ކަށަވަރު ނުޖެހި ނުމެދާނެޔޭ
ކެހުމެއް ނުވާ ގަދަ ކަޅުވިލާ ފުުލުފުލު ނުޖެހި ނުމެދާނެޔޭ
ކޯޅޭ ބަޔަކު އިހުގައި އަޔަސް ހިނދުހިނދު ކޮޅުން ތޮޅުމަށްޓަކާ
ނޯޅޭ އެކަން ތާރީޚަކުން ފައްސައި ނަގައިލާފައިވެޔޭ
އެކަމަކު މުޅިން ގެއްލިއްޖެނަމަ ދިވެހީންގެ ކިބައިން ފޯޅަވަހި
އެކަމުގެ ހިތާމަ ޤިޔާމަތާ ހަމަޔަށް ނުދެމި ނޯންނާނެޔޭ
ރާއްޖޭގެ ސަރަޙައްދުގެ ވަށައި ދުވެދުވެ އުޅޭ މަސް، ދާ ޖަހާ
ހާއްޔެއްކަމަށް ހެދުމުން ލިބޭ ދެރަވެސް ނުދެކި ނުމެދާނެޔޭ
އެތަކެއް ކަމެއް ހިފެހެއްޓިފައި އޮތް ޓޫރިޒަމް ނެތިކޮށްލުމަށް
އެތަނުގެ ޓުއަރިޒަމުގައި ކަމެއް އެއްވެސް މަނާ ނުކުރާނެޔޭ
ދެކުނުން ކަނޑަށްދާ ދޯނިތައް ލާނޭފަހައި ބިރު ދައްކަމުން
މެކުހަށް ޖަހާފައި ދިޔަކަމަކު ބާރެއް ފިލައި އޮންނާނެޔޭ
ގައުމާއި މުޅިދައުލަތް މިއަށް އިސްކަން މިއަދު ތިބިނަމަ ނުދީ
އައުމުން އެހާލަތު ރުއިމަކުން ކުރެވެން ކަމެއް ނޯންނާނެޔޭ
