ސައިބޯގުންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ހަށިގަނޑަށް އިލެކްޓްރޯނިކް ޑިވައިސްތައް ލައްވައިގެން ޓެކްނޯލޮޖީގެ ގޮތުން ކުރިއަށްޖެހިލައިފައިވާ މީހުންނެވެ.
ސްވިޑްން، ނެދަލެންޑްސް، އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި އެކި ކަންތައްތަކަށް ހާއްސަ މައިކްރޯޗިޕް ލައްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން ސްވިޑްންގައި އެކަނިވެސް މައިކްރޯޗިޕް ލައްވައިފައިވާ 4،000 މީހުން އުޅެއެވެ.
މިއީ ޕެޓުންގެ ގޮތުގައި ގެންގުޅޭ ބުޅާ ކަހަލަ ޖަނަވާރުން ގެއްލިގެން ހޯދަން ފަސޭހައަކަށް ކަރުގައި އަޅާ ބެލްޓްގައި ހަރުކޮށްފައި ހުންނަ ބާވަތުގެ މައިކްރޯޗިޕްގެ ވާހަކައެއް ނޫނެވެ. މިއީ ކުޑަ ސާޖަރީއަކުން އިންސާނާގެ އަތްތިލައިގެ ނުފުށަށް ލައްވައި އެއްޗެކެވެ.
މީގެ މައިކްރޯޗިޕެއް ލައްވައިލުމުން ޑެބިޓް ކާޑާއި ފައިސާ ދައްކާ އެހެނިހެން ކާޑުތަކުގެ ބޭނުން ވެސް ދިޔައީއެވެ. ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ ފައިސާ ކަނޑާ މެޝިނަށް އަތްދިއްކޮށްލުމެވެ. މީގެ އިތުރުން އިމާރާތްތަކަށް ވަނުމާއި ކޮންސެޓްތަކަށް ވަނުމުގެ އިތުރުން ސޯޝަލް މީޑިއާގައި ޕޯސްޓްކުރަން ވެސް ފަސޭހައަކަށްވެއެވެ. ތަޅުގަނޑި އާއި ކްރެޑިޓް ކާޑު ބޭނުންކުރުމުގެ ބަދަލުގަ އާއި ބަސް ނޫނީ ރޭލު ދަތުރުކޮށްލަން ވެސް މިއީ ފަސޭހަ ގޮތެކެވެ.

ހަނޑޫފުކަކަށްވުރެ ކުޑަ މި ފަދަ މައިކްރޯޗިޕް އަތަށް ލައްވަން ކުރާ ސާޖަރީ ވެސް އަގުހެވެވެ. ގާތްގަނޑަކަށް 180 ޑޮލަރު (2،775ރ.) ހަރަދުވާ މި ސާޖަރީ ކުރުމަށް ސްވިޑްންގެ ގިނަ ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހަރަދު ދެއެވެ.
"ނިއާ ފީލްޑް ކޮމިއުނިކޭޝަން" (އެން.އެފް.ސީ)ގެ ނަން ދީފައިވާ މި ހިދުމަތް ފެށީ މީގެ ފަސް އަހަރުކުރިން ޖޮވަން އޮސްޓަލެންޑްގެ ކުންފުނި ބަޔޯހެކްސް އިންޓަނޭޝަނަލްއިންނެވެ. އޭނާއަކީ ކުރިން މުދި ލެއްވުމަށް އެކި ގުނަންތައް ތޮރުފައިދޭ މީހެކެވެ.

"މި މައިކްރޯޗިޕްގެ ސަބަބުން އަހަރެންގެ ހުރިހާ މައްސަލަތަކެއް ހައްލުވެއްޖެ،" މީގެ މައިކްރޯޗިޕެއް ލައްވައިފައިވާ އުމުރުން 28 އަހަރުގެ ސިލްވިއާ ވާސިޖީ ބުންޏެވެ.
މިދިޔަ އަހަރު އާއްމުންނަށް ހުޅުވައިލި މި ހިދުމަތުގައި މައިކްރޯޗިޕް އަތުގެ ނުފުށުގައި، ބޮޑުވައި އިނގިލި ކައިރިއަށް ލައްވައިލަނީ ސިރިންޖަކުންނެވެ.

މި ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭން ފެށީ އެޕިސެންޓާ ނަމަކަށް ކިޔާ ކުންފުންޏަކާއި އަދި އިތުރު މަދު ކުންފުނިތަކަކުންނެވެ.
މި މައިކްރޯޗިޕް ހެކް ކުރުމުގެ ގާބިލިއްޔަތު ކުރިމަގުގައި ހެކަރުން ހޯދައިފައިނެތީ ބައެއް މީހުން ބިރުގަނެއެވެ.
"ނަމަވެސް އަދި އެ ހިސާބަށް ފޯރާ ޓެކްނޯލޮޖީއެއް ނެތް. އެ ދުވަސް އައިސްފި ނަމަ އަހަރެންގެ އަތުގައިވާ މައިކްރޯޗިޕް ނަގާނަން،" ވަޒީފާ އަދާ ކުރާ ތަނަށް ސެކިއުރިޓީ ކާޑުގެ ބަދަލުގައި މިހާރު އަތްދިއްކޮށްލައިގެން ވަންނަ އުމުރުން 28 އަހަރުގެ އަލްރިކާ ސެލްސިންގް އޭ.އެފް.ޕީ.އަށް ބުންޏެވެ.



advertisment