Support Us

228 ސިޔާސީ މަގާމެއް މަދުކޮށް، 5.7 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް ނިންމަވައިފި

ދައުލަތުގެ ހަރަދުކުރުމުގެ ގޮތުން 228 ސިޔާސީ މަގާމެއް މަދުކޮށް، 5.7 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިގުތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން ފަށައިފައިވާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ މިނިސްޓްރީތަކުން 228 ސިޔާސީ  މުވައްޒަފުން ވަކިކުރުމަށް މިނިސްޓްރީތަކަށް އަންގަވައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

"މިކަމުގެ ސަަބަބުން 5.714 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ކޮންމެ މަހަކު ސަލާމަތް ކުރެވިގެންދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންފައިވާ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި 700 އަށްވުރެ ގިނަ ސިޔާސީ މަގާމު ހިމެނިގެން ނުދާނެ ކަމަށް އިންތިގާލީ މަރުހަލާގެ ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މިހާތަނަށް ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ ޖުމްލަ އަދަދު ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *