ނުނިޔަތާ ޙަސަދައިގެ ދަބަރޭ ޚުލުޤުގައި ހުރި ގޯހަކީ
އުނިވެދާކަން ހެޔޮޢަމަލު އެކަމުން ނުދަތުމޭ ގޯހަކީ
އުނިވުމެއް ނެތް ކަންޒަކުން ޒައްރެއް ތިމާޔަށް ދެއްވުމުން
މުނިއަވަސް ފިލުވަން އެކަނި އިސްކަން ދެވޭކަން ގޯހަކީ
ލެއްވިހައި އެެއްޗެއް ހިލޭކަން ހުންނަނީ ހަމަ އެންމެނަށް
އެއްފަހަރުވެސް ފިކުރުހިންގައި ޝުކުރު ނުކުރުން ގޯހަކީ
އެއްވެވޭ މުދަލުގެ ޙަޒާނާ ތަކުގެ ތަޅުދަނޑިތައް އަތުން
ލެއްޕުމުން ލޯ، އަތުލެވޭކަން ނޭނގި ހުރުމޭ ގޯހަކީ
އިސްވެދިޔަ މީހުން ޖަމާކުރިހައި ރަނާ ރިހި ކަންޒުގައި
ވިއްސިފައި އުނިނުވެ އެތާހުރި ސަބަބުނޭނގުން ގޯހަކީ
ދޯނިފަހަރާ ގެދޮރުތައް މިލްކުން ކަނޑައި ވަކި ކުރެވިފައި
ގޯނިގޯނީގައި އެގެންދާކަން ނުދަތުމޭ ގޯހަކީ
ޒުހުދުވެރި ހިތްހެޔޮ އެހައި ދީލަތި އުޅުން އުޅުމަށް މޮޅަސް
މުހުލަތުން ދިރިހުރި އެއިން ފަދައެއް ނުލިބުމޭ ގޯހަކީ
