ހިނގާގޮތޭ ހިނގާގޮތޭ
މޫސުންމީ ހިނގާ ގޮތޭ
އެއްވެފައެއް ރެކޯޑުތައް
ނެތޭ ބަލާކަށް ފޮތްތައް
ދުނިޔެ މިއޮތް ދޮށިކަމުގައި
ރެކޯޑު ނެތް ފޮތްފޮތު ގައި
ޒަމާންތަކުން އެއްހާސްވެސް
ނެތޭ ފޮތުން ފެންނަންވެސް
މިހެން މިކަން އޮއްވައި ބަލަ!
ދިމާނުވޭ ނުކިޔާ ބަލަ!
ދިއުން އޮތަަސް ފަނާވެ ނެތި
ކަމެއް ނުވޭ ހަމައެއް ނެތި
ގަރުނަކު އެއްފަހަރު ހިނގާ
ހާސް އަހަރުން އެކަން ހިނގާ
ކަންތައްތައް ލެއްވެވިކަން
ނުދަތަސް ބަލަ އެކަކު އެކަން
އަތަ ހިތަޔާ ހެއި ނަކަތާ
ދިމާވެޔޭ ފެން ނަކަތާ
މުޅައް އަޅަތެ ވިހާ ނަކަތު
ނޮރަ ފެށި ގަދަވޭ އެ ނަކަތު
ދެން ދޮށަޔަަށް ފެށުމާއެކު
ވައި އެބުރޭ ކެރިޔާ އެކު
ހުޅަނގު ނިމޭ މިހިސާބުން
އިރުވައިވޭ އެހިސާބުން
