مولاي صل وسلم دآئما أبدا
على حبيبك خير الخلق كلهم
ނޫރުގެ އެއަލިދޯދިން އުދަރެސް އެ އަލިވެލަނީ
ކޫރެއް ސަފުން ނޭޅޭ ބަދުރެއްގެ ނޫރާނީ
އުޑުގައި ފެތުރިފައިވާ ކަޅުސާލުތައް ކެހިލައި
ފުނޑުފުނޑުވެ ބިންގާތައް ޝިރުކުގެ ބިމުންލުހުނީ
ނަންފުޅު މުޙައްމަދު މުޅި ދޭހަށް ވިދާ ބަބުޅައި
ހަންހާރަވެތި ކަމުގައި ތަސްލީމު ކޮށްލެވުނީ
މައްކާގެ ޙަރަމުންމާތް ބުދުތައް ނެރެވި ދޮވެލެވި
ފައްކާވެ މަތިވަރު ތައުހީދުން އަލުން ފޮޅުނީ
ކިސްރާގެ ތަޚުތާ ތާޖާ މިލްކުވުމުގެ ނިޝާން
މިޞްރާބު ސީދާކޮށް ދަައްކައި އެރޭ އެދިނީ
ޒިކުރާ ރަބީޢުލްއައްވަލްގައި ބިމުން ދިރިގެން
ފިކުރާ ޚިޔާލާ މާތްދީނާ ގުޅައިލެވެނީ
