Support Us

ބަރަހަނާ ބަލަން ޗެނަލްތަކަށް ވަތް މީހުންނާއި ޝެއާކުރި މީހުންނަށް ވެސް ފިޔަވަޅު އަޅާނަން: ފުލުހުން

މީސްމީޑިއާގެ މަންސައެއް ކަމުގައިވާ ޓެލެގްރާމް މެދުވެރިކޮށް ބަރަހާނާ ފޮޓޯ އާއި ވީޑިއޯތައް ބެލުމަށް ސަބްސްކްރައިބް ކުރި ފަރާތްތަކާއި އެތަކެތި ޝެއާކުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފު އައްބާސް ވިދާޅުވީ މި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މައްސަލާގައި މަސައްކަތް ކުރަމުން މިގެންދަނީ މިހާރު ވެސް ޕީޖީއާ ވާހަކަދައްކައިގެން. މީގެ ތެރޭގައި ސަބްސްކްރައިބްކޮށްފައި ތިބި ފަރާތްތައް އަދި މިއާ ގުޅިގެން އިތުރު ފަރާތްތަކާ ޝެއާކޮށް، އެ ފޮޓޯ ހޯދުމަށްޓަކައި މަސައްކަތްކުރި ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅު ވެސް ގާނޫނީ ހަމަތަކުގެ މަތިން އަޅަމުންދާނެ،" އަޒީފު ވިދާޅުވި އެވެ.

މި މައްސަލާގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު މި މީހުން އަތުލައިގެންފައި ވަނީ "ލިލީކްސް" ނަމުގައި ޓެލެގްރާމްގައި ކުރިއަށް ގެންދިޔަ ޗެނަލްގައި ވިކްޓިމައިޒްވެފައިވާ ފަރާތަކުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަަަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި (މި ޗެނަލްގައި) 535 ސަބްސްކްރައިބާސްގެ އިތުރުން ބަރަހާނާ މަންޒަރު ދައްކުވައިދޭ 350 ފޮޓޯ އާއި 2400 ވީޑިއޯ މި ޗެނަލްގައި ޕޯޓްކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު،" އަޒީފު ވިދާޅުވި އެވެ.

މި މައްސަލާގައި އެންމެ ހިތާމަކުރަން ޖެހޭ ކަަަމަކީ މީގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ސީސޭމް ކޮންޓެންޓްތައް ފާހަގަކޮށްފައިވާތީ ކަމަށާއި މިކަމުގެ އެންމެ ބޮޑު ގެއްލުމަކީ އެ ކުދިންގެ ވަނަވަރު އެނގޭ ގޮތަށް ފޮޓޯތައް ޕޯސްޓްކޮށްފައިވާތީ ކަމަށް އަޒީފް ވިދާޅުވި އެވެ.

މި މައްސަލާގައި މިހާތަމަށް ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ޒުބައިރު އަލީ، 45، އދ. މަހިބަދޫ، ބަހާރުގެ އާއި ނާސިފް އަލީ، 46، ދަފްތަރު އަދި އިސްމާއިލް ރަބީހް، 26، ކ.ކާށިދޫ، ސިލިންކޯ އެވެ.

އަޒީފް ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސްމާއިލް ޒަބީހް މި މައްސަލަައިގައި ވިކްޓިމައިޒްވި އަދި  ފުލުހުންނަށް މި މައްސަލަ ހުށަހެޅި ފަރާތާ އެކު މުއާމަލާތްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

"ވިކްޓިމައިޒްވި ފަރާތަކަށް މައްސަލާގައި ބިރުދައްކައި ޓެލެގްރާމްގައި އެފަރާތުގެ ފޮޓޯތައް ޕޯސްޓްކުރާނެކަމުގެ އިންޒާރުވެސް ދިނުމަށްފަހު މިހެން ހިނގައިދިޔަަކަން ފާހަގަކުރެވޭ،" އަޒީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޒަބީހުގެ ހިންގާފައިވާ ކުށާ ގުޅިގެން އޭނާގެ ފޯން ބަލައި ފާސްކުރުމުގެ ތެރޭގައި މީނޫނަސް ތަފާތު އެތައް ބައިވަރު ކުށްތަކެއް ހިމެނޭ ބައިވަރު ކޮންޓެންޓްތައް ފެނިފައިވާ ކަމަށް އަޒީފު ވިދާޅުވި އެވެ.

"މި ގައުމު އެންމެ ބޮަޑަށް ކޮންސާންވާ ރޮމޭންސް ސްކޭމްގެ ބައިވަރު އަމަލްތައް ހިންގަމުންދާ ކަންކަމާއި ފުރަތަމަ ވިކްޓިމައިޒްވި މައްސަލަ ހުށަހެޅި ފަރާތުން މައުލޫމާތުދިން ފޮޓޯތަކާއި ވީޑިއޯތައް ޒަބީހުގެ ފޯނުން ފެނިފައިވޭ،" އަޒީފު ވިދާޅުވި އެވެ.

މީގެ އިތުރުން މި މައްސަލާގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ނާސިފް އަލީ ހައްޔަރުކޮށް އޭނާގެ ފޯން ބަލާ ފާސްކުރި ކުރުމުން ބަރަހާނާ ފޮޓޯ އާއި ވީޑިއޯ އާއި މި މައްސަލައާ ގުޅޭ ފައިނޭންޝަލް ސްޓޭޓްމަންޓްތަކާއި މައްސަލައާ ގުޅުން ހުރި ވަރަށް ބައިވަރު ކަންތައްތައް ތަހުގީގަށް ހޯދިފައިވާ ކަމަށް އަޒީފު ވިދާޅުވި އެވެ.

މި މައްސަލާގައި ހިމެނޭ ޒުބޭރު އަލީގެ ފޯނުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދަައްކުވައިދޭ ފޮޓޯ ނުވަތަ ސީސޭމް ކޮންޓެންްޓްތައް ޕޯސްޓްކުރުމަށާއި އަދި އޭގެ އިތުރުން ގިނަ އަދަދެއްގެ ބަރަހާނާއި މަންޒަރުތަކާއި ވީޑިއޯތައް ފެނިފައިވާ ކަމަށާއި އެހެން މީހުންނަށް މިކަންކަން ކިޔައިދޭން ޒުބޭރު މަސައްކަތްކޮށްފައިވާ ކަމަށް އަޒީފު ވިދާޅުވި އެވެ.

"މީގެ އެންމެ ހިތާމަވެރި ކަމަކީ ޒުބެއިރު އަލީ މި އަމަލްތައް ހިންގަމުން ދިޔަ އިރު މީގައި ވިކްޓިމައިޒްވި ފަރާތްތައް ޗެނަލްތަކުގެ ތެރެއިން ވާހަކަ ދެއްކުމުގެ ތެރެއިން ވެސް ނާޖާއިޒު ގޮތުގައި ފައިސާ މުއާމަލާތްތައް ހިންގުމަށް ޑިމާންޑްކޮށްފައިވޭ. އޭގެ އިތުރުން ޒިންސީ ފުރައްސާރަ ތެރެއިން ޖިންސީ އަމަލް ހިންގުމަށް ވެސް މަސައްކަތްކޮށްފައިވޭ،" އަޒީފު ވިދާޅުވި އެވެ.

މި މައްސަލާގައި ފުުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 571 ޗެނަލްގެ ތެރެއިން 43 ޗެނަލެއް ހާއްސަކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޗައިލްޑް އެބިއުސް މެޓީރިއަލް ޕޯސްްޓް ކުރުމަށް ކަމަށާއި މި ޗެނަލްތަކަށް 36،780 ފަރާތެއް ސަބްކްރައިބާސްގެ ގޮތުގައި ޖޮއިންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *