Support Us

މެމްބަރުންނަށް ރައީސް ފައިސާ ދެއްވި ކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް: ހީނާ

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ފައިސާ ދެއްވި ކަމަށް ބުނާ ވާހަކައަކީ "ހަގީގަތާ ހިލާފް ދޮގު ވާހަކައެއް' ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ ޕީއެންސީގެ މެމްބަރުންނަަށް ރައީސް ޑރ. މުއިއްޒު މިމަހު 75،000ރ. ދެއްވި ކަަަމަށާއި އެފައިސާ އެ މެމްބަރުންނަށް ދިނުމަށްޓަކައި ރައީސް ޑރ. މުއިއްޒުގެ އަމިއްލަފުޅު ގެކޮޅުން ކަޅު ދަބަހެއްގައި ނެރެގެން ގެންގޮސް ޕާޓީގެ އޮފީހަށް ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވެއްދި މަންޒަރު ފެނިފައިވާ ކަމަށް އަދަދު ނޫހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އެ ނޫހުން ވަނީ މެމްބަރު މުހައްމަދު އަލީ ކަޅު ދަބަހެއް ހިފައިގެން ޕާޓީގެ އޮފީހަށް ވަޑައިގަންނަވާ ވަގުތާއި އެ އޮފީހަށް އެ ޕާޓީގެ މަޖިލީސް މެމްބަރުން ވަދެވަޑައިގަންނަވާ މަންޒަރުގެ ވީިޑިއޯ ރިކޯޑިންގެއް ވެސް އާއްމުކޮށްފަ އެވެ. އަދި އެ ފައިސާ އެ ރޭ ނުލިބޭ މެމްބަރުންނަށް ޑެލިވާކޮށްދޭނެ ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ހީނާ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ "ރައީސުލްޖުމްހޫރިއްޔާ ފަރާތުން ޕީއެންސީގެ މަޖިލީސް މެމްބަރުންނަށް ފައިސާ ދިން ކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް" ކަމަށެވެ.

ހީނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ނިސްވަތްކޮށް އެފަދަ ދޮގު ހަބަރެއް ފެތުރި މައްސަަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުން ގެންދާ ފަރާތްތަކާ މެދު ސަމާލުވެވަޑައިގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުސަތުގައި އިލްތިމާސްކުރަން،" ހީނާ ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަފްސީމް ކުރައްވާ ޕީއެންސީގެ މެމްބަރުންނަށް މުލީއާގެއިން ފައިސާ ދޭ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. ނަމަވެސް އެ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *