Support Us

ފަޟީލަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބުތުއްތު)

މިދީބަށް ނައިބުތުއްތޫ ފަދަ ނެތޭ މޮޅު އެކަކު ބަހު ޢިލްމަށް
ނިދީގައި ހޭނުލައި ތިއްބަސް އެނގޭނެކަމެއް މިއީ، އަބަދަށް

އަދަށް ފެންނާން އެހެރަ ރައިވަރު ތަކާ ދަރިވަރު ޞަލާޙުއްދީން
އަދަބުގައި ހުރިހިނދުން ފެންނަން، މޮޅޭ ތުއްތޫ ބަހުގެ ޢިލްމަށް

މުޢީނުއްދީނު ދޭއް އިނގިރޭސި ފަތުގައި ސޮއި ކުރެއްވެވި ދުހު
މުޢީނުއްދީނު ސާނީއަށް އެރުއްވި ލަފާ ވިޔޭ ޒަހަރަށް

އެދުހު މަޖުބޫރު ވިޔަތީ ހެޔޮރަދުން ފަތްކޮޅު ކުރެއްވި ސޮއިން
އެދުން ވެރިކަމުގެ އޮތް މީހުން ދިނީ އައްޑޫ ގަމޭ ބަދަލަށް

ފެހެންދޫއަށް ނައިބު ތުއްތޫ ލިޔޭ އަރުވައި ފުރޮޅި ވެރިކަން
އެހެން އަނިޔާ ދިނަސް ކުޑަވެސް އެނގޭ ނެތްކަން ކުށެއް ރަނގަޅަށް

ދިވެހިގައުމަށްޓަކައި ފަނޑިޔާރުކަން ޤުރުބާން ކުރެއްވެވިޔަސް
ދިވެހިގައުމުން އެކަން ވަޒަނެއް ނެތޭ ކޮށްފައި މިހާތަނަކަށް

ފަހުން އަވަހާރަވާންދެން މާއެނބޫދޫ ހުންނަވަން ޖެހުނީ
ރަހުން އިދިކީލި ޙައްޤުނުވާ އަދަބު ދެއްވާކަމުން ޢުމުރަށް

އެޝައިޚަށް ފުއްސަވައި މަތިވެރި ސުވަރުގެ އަދައި ދުޢާކުރަމުން
އެޝައިޚުގެ ޙައްޤުގައި ކުރުކުރު ޅެމެއް ލިޔެލީ ތަޢާރުފަކަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *