Support Us

ގައުމީ ދުވަހާ ގުޅިގެން "ނިޕޯން ޕެއިންޓް"ގެ ހާއްސަ ޕްރޮމޯޝަނެއް ހުޅުމާލޭގައި

ޤައުމީ ދުވަހާ ގުޅުވައިގެން، އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ނިޕޯން ކުލައިގެ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އިއްޔެއިން ފެށިގެން އަންނަ ބުރާސްފަތީގެ ނިޔަލަށެވެ. (ގައުމީ ދުވަހަކީ ބުދައެވެ.)

މި ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް އިން ލިބޭނެ ޚާއްޞަ ފުރުޞަތެއް ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.

"މިގޮތުން މިޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން 10% ގެ ޚާއްޞަ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން، ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލަރ އަދި ބުރުސް ފަދަ އެހެނިހެން ކުލަލުމުގެ ސާމާނުން 15% ގެ ޑިސްކައުންޓެއް ލިބޭނެއެވެ." އެސް.ޓީ.އޯގެ ބަޔާނެއްގައި ބުނެއެވެ.

އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައެވެ. މި ފިހާރައިން ކޮންސްޓްރަކްޝަނާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.