Support Us

ކ-ވ: އީލޮން މަސްކް، ޖެފް ބޭޒޮސް އަދި ބިލް ގޭޓްސް

އަންހެނެއްގެ ލޯތްބާއި ވަފާތެރިކަން ފައިސާ ދީގެން ގަނެވޭނެބާ؟

މިހެން މިކަން ކުރެވޭ ނަމަ މަހުޖަނުން މިއަދު ތިބީހީ އެ މީހުންގެ އުފާވެރި ޒަވާޖީ ހަޔާތުގެ ތެރޭގައެވެ. ނަމަވެސް މަޝްހޫރު މަހުޖަނުންގެ ހަޔާތަށް ބަލައިލައިފި ނަމަ ފެންނަނީ އެހެން މަންޒަރެކެވެ.

އެ ގޮތުން އީލޮން މަސްކް، ބިލް ގޭޓްސް އަދި ޖެފް ބޭޒޮސްގެ އަނބިން ވަނީ އެ މީހުން ދޫކޮށް ގޮސްފައެވެ.

މި ތިން މީހުންނަކީ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. ނަމަވެސް އެ މީހުންގެ ތަނަވަސް މުއްސަނދިކަމުން ވެސް ވަނީ އެ މީހުންގެ އަނބިންގެ ލޯތްބާއި ވަފާތެރިކަން ނުހޯދިފައެވެ. އެ މީހުންގެ އަތުގައި ހުރި ޓްރިލިއަން ޑޮލަރުގެ ފައިސާގެ ރާހަތު މި ރޮނގުން ކޮށްފައި ނުވާއިރު، އަހަރެމެން ކަހަލަ އާދައިގެ މީހަކަށް އަންހެނެއްގެ ލޯތްބާއި ވަފާތެރިކަން ގަނެވިދާނެ ހެއްޔެވެ؟

މި ކަމުން އެނގެނީ އަންހެނެއްގެ ލޯތްބާއި ވަފާތެރިކަން ހޯދުމަށް ފައިސާއަށްވުރެ މުހިންމު ކަންތައްތަކެއް ވެސް އެބަހުރިކަމެވެ. އަހަރެމެން ކުރަން މިއުޅޭ ކަމަކީ އަންހެންގެ ލޯތްބާއި ވަފާތެރިކަން ގަނެލުމެއް ނޫނެވެ.

ތިބާގެ ހަޔާތަށް އައިސްފައިވާ އަންހެނަކު ތިބާގެ ގާތުގައި ހިފެހެއްޓޯ މަސައްކަތް ނުކުރާށެވެ. އޭނާ ތިބާ ދޫކޮށްލައިފައި ގޮސްފާނެތީއެވެ. އޭނާ ތިބާގެ ޒާތީ "ޖަލެއްގައި" ހިފަހައްޓަން އެއްވެސް ކަމެއް ނުކުރާށެވެ. އެހެނީ މިއީ ތިބާގެ ވަގުތާއި ހަކަތަ އާއި ވަސީލަތްތައް ބޭކާރުކޮށްލުމެކެވެ. މާ މާނަވީ ކަންތައްތަކަށް މި ފައިސާ ހަރަދުކުރެވިދާނެއެވެ.

ތިބާ ދެކެ ލޯބިވުމަށް "ހަގީގީ އަންހެނުން"ނަކަށް ފައިސާއެއް ބޭނުމެއް ނުވާނެއެވެ. ތިބާއަށް ވަފާތެރިވެ، ކިޔަމަންތެރިވުމަށް ތިބާ އާދަޔާހިލާފަށް މަސައްކަތްކުރާކަށް އެ މީހުން ނޭދޭނެއެވެ. ތިބާ ދެކެ ލޯބިވުމަށް އާދަޔާހިލާފު އަގުބޮޑު ހަދިޔާ ބޭނުމެއް ނުވާނެއެވެ. އެ ފަދަ އަންހެނުން ބޭނުންވަނީ އެ މީހުންގެ ޖަޒުބާތުތައް ތިބާއާއެކުގައިވުމެވެ. ތިބާ އެ މީހުންނަށް ގަދަރުކޮށް، އިއްޒަތް ދީ، އިހުތިރާމްކުރުމެވެ.

މި ކަންތައްތައް ހަމަޖެހުމުން ގުދުރަތީ ގޮތުން އަންހެނުން ތިބާ ދެކެ ލޯބިވާނެއެވެ. ހަގީގަތަކީ މިއެވެ. ލޯތްބާއި ވަފާތެރިކަމަކީ ގަދަކަމުން ގަނެވޭ އެއްޗެއް ނޫނެވެ. އެއީ ކުޅޭކުޅޭއެއްޗެއް ވެސް ނުމެނޫންމެއެވެ. އެހެންކަމުން ތިބާ ދެކެ އަންހެނުން ލޯބިވަނީ ގުދުރަތީ ގޮތުން ކަމަށް މަގުފަހިކުރުމަށް ފުރުސަތު ދޭށެވެ. އެ ކަން ހާސިލު ކުރުމަށްޓަކައި އުޖާލާ ޝަހުސިއްޔަތެއް ބިނާކޮށް، ފިރިހެނެއްގެ ގޮތުން ތިބާ ހަޔާތާމެދު ރަނގަޅު ގޮތަށް ދެކި، މި ސިފަތައް އަންހެނުންނަށް ދައްކާށެވެ.

މިހެންވެ، ހިޔަނިތަކެއްގެ ފަހަތުން ނުދުވާށެވެ. ތިބާ ގަބޫލުކުރަނީ ހުރިހާ އަންހެނުންނަކީ ފައިސާގެ ފަހަތުން ދުވާ ބައެއް ކަމަށް ވަންޏާ، ތިބާގެ ފަހަތުން ދުވާނީ ވެސް "ގޯލްޑް ޑިގަރ" ނުވަތަ "ރަން ކޮންނަ" ފައިސާއަށް ދަހިވެތިވެފައިވާ އަންހެނުންނެވެ.

 

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް