Support Us

ރަބީއު މޫސުމަށް ސްކޫލްތައް ބަންދުކޮށްފައިވާތީ އެއްވެސް ދަރިވަރަކަށް ގެއްލުމެއް ނުލިބޭ

ބޮސްނިއާ ސްކޫލްގެ ބަޑިޖެހުމުގެ ހާދިސާގައި ޕްރިންސިޕަލާއެކު ތިން މަރު

ބޮސްނިއާގެ ސްކޫލެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ހިންގި ބަޑިޖެހުމުގެ ހާދިސާގައި ތިން މީހަކު މަރައިލައިފިއެވެ. އޭގެ ތެރޭގައި ޕްރިންސިޕަލާއި ޓީޗަރަކާއި ސެކްރެޓެރީއެއް ހިމެނެއެވެ.

ފުލުހުން ބުނީ އިއްޔެ ހިނގި މި ހާދިސާގެ އަސްލަކީ ބަޑިޖެހި މުވައްޒަފު ސްކޫލްގެ މެނޭޖްމަންޓާ ހިތްހަމަނުޖެހުމެއް އުފެދިގެން ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.

"އެ މީހާ ވަނީ އަމިއްލައަށް މަރުވާން ވެސް މަސައްކަތްކޮށްފައި. އޭނާ ވަނީ ވަރަށް ސީރިއަސް ހާލަތެއްގައި. ބަންޖާ ލޫކާ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ،" ފުލުހަކު ބުންޏެވެ.

އެ މީހާ ބޭނުންކުރީ އޮޓޮމެޓިކް ރައިފަލެއް ކަމަށް ފުލުހުން ބުންޏެވެ.

ބަޑިޖެހުމުގެ ހާދިސާ ހިންގައިފައިވަނީ ބޮސްނިއާ އެންޑް ހާޒެގޮވިނާގެ ސަންސްކީ މޯސްޓް ހައި ސްކޫލް ސެންޓަރުގައި ކަމަށް ދާހިލީ ވުޒާރާގެ ތަރުޖަމާނު އަދްނާން ބެގަނޮވިޗް އަލް ޖަޒީރާއަށް ވިދާޅުވިއެވެ.

ސަންސްކީ މޯސްޓް ސަހަރު ހުންނަނީ ވެރިރަށް ސަރަޔިވޯއާ 124 މޭލު ދުރުގައެވެ.

ހެދުނު ހިންގި މި ހާދިސާގައި އެއްވެސް ދަރިވަރަކު ޒަހަމް ނުވީ މިއީ ރަބީއު މޫސުމުގެ ބަންދު ދުވަސްތައް ކަމަށްވާތީ ކްލާސްތައް ނުހިންގާތީއެވެ. އެކަމަކު ސްކޫލް ބަންދުކޮށްފައި ހުރި ނަމަވެސް މުވައްޒަފުން ސްކޫލަށް އައީ ކިޔެވުން ފެށުމުގެ ދުވަސްވަރަށް ކަންތައްތައް އިންތިޒާމް ކުރުމަށެވެ.

"ބަޑިޖެހި މީހާ ބޭނުންކުރީ އަސްކަރީ ބަޑިއެއް،" އަދްނާން ބޮސްނިއާގެ ގައުމީ ރޭޑިއޯއަށް ވިދާޅުވިއެވެ.

ބޮސްނިއާ އޮންނަ ބަލްކަން ސަރަހައްދަކީ 1990 ގެ އަހަރުތަކުގައި ހިނގި ހަނގުރާމަތަކަށް ފަހު ހަތިޔާރު ގިނަވެފައިވާ ހިސާބެކެވެ. އެ ހަނގުރާމަތަކުގައި ޔޫގޮސްލާވިއާ ވަނީ ބައިބައިވެ، ބޮސްނިއާ ވަކި މިނިވަން ގައުމަކަށް ވެފައެވެ. ބޮސްނިއާގެ ދައުލަތުގައި 3.5 މިލިއަން މީހުން އުޅެއެވެ. ނަމަވެސް ބަޑިޖެހުމުގެ ހާދިސާތައް މަދެވެ.

އދ.ގެ ޔޫ.އެން.ޑީ.ޕީ ޖަމިއްޔާއިން 2010 ގައި ހެދި ދިރާސާއަކުން ހާމަވީ ބޮސްނިއާގައި ގަވައިދާ ހިލާފަށް 750،000 ހަތިޔާރު ގެންގުޅޭ ކަމެވެ.

ބަލްކަން ސަރަހައްދުގެ ސްކޫލެއްގައި ބަޑިޖެހުމުގެ ހާދިސާއެއް އެންމެ ފަހުން ހިންގައިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އެއީ ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައެވެ. އެ ފަހަރު ފުރާއުމުރުގެ ކުއްޖަކު ބަޑިޖަހައި 10 މީހުން މަރައިލިއެވެ. އޭގެ ތެރޭގައި އޭނާއާ އެއް ކްލާހުގައި އުޅުނު ނުވަ ދަރިވަރުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *