Support Us

ކަނޑުގެ ލޮނުގަނޑުން 9،718 ފޫޓަށްވުރެ މަތީގައި ކުންނު ހުންނަ ޒޫގްސްޕިތޭއަކީ ޖަރުމަނީގެ އެންމެ އުސް ފަރުބަދަ

ޖަރުމަނީގެ އެންމެ އުސް ފަރުބަދައަށް ހޮނުއަޅައި އެކަކު މަރުވެއްޖެ

ޖަރުމަނީގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ޒޫގްސްޕިތޭއަށް ހޮނު އެޅުމުގެ ސަބަބުން ފަރުބަދައަށް އެރި ތިން މީހުންގެ ތެރެއިން އުމުރުން 18 އަހަރު ޒުވާނަކު މަރުވެއްޖެއެވެ.

އޭނާ މަރުވީ ފަރުބަދައިން ފައިބަމުން ދަނިކޮށް ތަކުރާރުކޮށް ހޮނު އެޅުމުންނެވެ.

މި ފަރުބަދައިގެ އުސްމިނަކީ 9،718 ފޫޓެވެ. ހުންނަނީ އޮސްޓްރިއާ އާއި ޖަރުމަނީ ގުޅޭ ބޯޑަރުގައެވެ.

ޖަރުމަނީއަށް އުފަން މި ޒުވާނާ މަރުވީ ކުންނުން ތިން މީހުން ފައިބަމުންދަނިކޮށް ތަކުރާރުކޮށް ހޮނު އަޅައި އޭނާއަށް އިލެކްޓްރިކް ޝޮކެއް ޖެހިގެންނެވެ.

އެ މީހުން ފަރުބަދައިގެ ވަކި ހިސާބަކަށް އެރީ ރޭލެއްގައެވެ. އޭގެ ފަހުން 260 ފޫޓު މައްޗަށް ކުންނަން އެރީ ފައިމަގުގައެވެ.

"ތޫފާނުގެ ސަބަބުން ތިން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ހުރަސްއެޅުނު،" ފުލަހަކު ބުންޏެވެ.

ޖަރުމަނީއަށް މިދިޔަ މަހު ވަރަށް ގިނަ ތޫފާންތަކެއް އައެވެ.

ޑެލްމެންހޯސްޓް ސަހަރުގައި ހޮނު އަޅަން ފެށުމުން ޕާކެއްގައި ހުރި ގަހެއްގެ ދޮށުން ހިމާޔަތް ހޯދައިގެން ތިބި އާއިލާއެއްގެ އަށް މީހުން ޒަހަމްވިއެވެ. އޭގެ ތެރެއިން ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖެއް ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ފުރާނައަށް ނުރައްކާވާ ފަދަ ޒަހަމްތަކެއް ލިބުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *