ގަނޭ ލައި ނަކަތް މާ އޮގަސްޓުގެ ތެރޭ
ދަނޭ އިހުގެ ހުރިހައި ކަތުންވެސް އެރޭ
ފަނޭ ރުއްރުކުގެ ރޯ ދެކޭނީ ވެރޭ
ނަނޭ އެހިނދު އޮޅަނީ ވެރިންފަޅު ކެރޭ
ކިލުން ކަނޑު ފަޅާ ވިލުވެ މަސް ވަގުވެޔޭ
ހިލުން ކިސަޑު ކަނޑުފަޅުގެ ސަބަބަށް ވެޔޭ
މިލުން ރުއްގަހަށް މިނަކަތަކު ނާދެޔޭ
ވިލުން އަލި ނަކަތް ބައިވުމުން އާދެޔޭ
މަހަށް ތަދުކަމެއް ވެރިކަމާ އެން ލިބޭ
ވަހަށް ފިލި ނައިސް އެން ގަލަަށްވަދެ ތިބޭ
ގަހަށް ވާރެއިން ގިނަ ދިރުންތައް ލިބޭ
ފަހަށް ވަދެ ބިމުގެ ބޯވި ހިރަފުސް އޮބޭ
ލިހައިއަހު ފަހުން ގަންނަ ލައި ނަކަތެކޭ
މިހައިރަށް ނެތީ ކަން އެނގޭ މީހެކޭ
އިހަށް ނެތި ކަލަންޑަރު ނަދަން ދުވަހެކޭ
ކިހައް ޑިޔަ ދަވާދުން ލިޔުނު ފޮތްތަކޭ
