Support Us

ޑައުންޓައުން އެކުއޭރިއަމްގެ ޓޭންކަށް ފޮނުވައިލި އޮރެންޖް ކުލައިގެ އިހި

މަދުން ނޫނީ ނުފެންނަ އޮރެންޖް ކުލައިގެ އިއްސެއް ސަލާމަތްވީ ކިރިޔާ

މަދުން ނޫނީ ނުފެންނަ ބާވަތެއް ކަމަށްވާ އޮރެންޖް ކުލައިގެ އިއްސެއް އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓްގެ ރެސްޓޯރަންޓެއްގެ ނާސްތާއަކަށްނުވީ ކިރިޔާއެވެ. މި އިހި ފެނުނީ ރެސްޓޯރަންޓްގައި ތަށި ދޮންނަ އަދި ބިސްކޯދު ހަދާ ކައްކާއަކަށެވެ. އެއީ ހުކުރު ދުވަހު އެ ރެސްޓޯރަންޓަށް ލިބުނު ކާބޯތަކެތީގެ ޝިޕްމަންޓަކުންނެވެ.

މިހާރު "ކްރަޝް"ގެ ނަމުން ނަން ދީފައިވާ އިހި އެ ކައްކާއަށް ފެނުމުން ރެސްޓޯރަންޓުގެ މެނޭޖަރުންގެ ސަމާލުކަމަށް އެކަން އޭނާ ގެނައެވެ.

ރެސްޓޯރަންޓުން ފުރަތަމަ އުޅުނީ ޕުއެބްލޯ ޒޫ ނަމަކަށް ކިޔާ ހައިވާނު ބަގީޗާއަށް މި އިހި ފޮނުވައިލައިށެވެ. ނަމަވެސް އެ ޒުލުން އިހި ބަލައިނުގަތުމުން އެ ސޮރު ފޮނުވައިލީ މަސް ގެންގުޅޭ ކުންފުންޏެއް ކަމަށްވާ ޑައުންޓައުން އެކުއޭރިއަމްއަށެވެ.

"ޑައުންޓައުން އެކުއޭރިއަމުން މި އިހި ވަގުތުން ބަލައިގަތް،" ރެސްޓޯރަންޓްގެ ޖެނެރަލް މެނޭޖަރު ކެންޑްރާ ކަސްޓެންޑިއެކް ވިދާޅުވިއެވެ.

އޭނާވަނީ ޕްލާސްޓިކް ކޮންޓޭނަރަކަށް ގަނޑުފެން އަޅައިފައި މި އިހި ބުދަ ދުވަހު ޑައުންޓައުން އެކުއޭރިއަމަށް ފޮނުވައިލައިފައެވެ.

"އެ ތަނުން މި އިހި ފުރަތަމަ ލީ ކަރަންޓީންކުރާ ޓޭންކަކަށް. އެ ޓޭންކަށް ހޭނުމާއެކު އެ ސޮރު ވަރަށް ހަރަކާތްތެރިވި،" ކެންޑްރާ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.

ޑައުންޓައުން އެކުއޭރިއަމުން ބުނީ ކްރަޝްގެ ހާލަތު ދެނެގަންނަން ހައިވާނުންނާ ބޭހޭ ޑޮކްޓަރެއް ނުވަތަ "ވެޓް"އެއްގެ އެހީ ހޯދާނެ ކަމަށެވެ. އަދި އެއަށް ފަހު 30 ދުވަސް ވަންދެން ކަރަންޓީންކުރުމަށްފަހު އާއްމު ޓޭންކަކަށް ލާނެ ކަމަށެވެ. އެއީ އުތުރު އެޓްލާންޓިކް ކަނޑުގެ ފިނި ހިސާބުތަކުގައި ދިރިއުޅޭ ކަނޑުގެ ދިރުންތައް ގެންގުޅޭ ޓޭންކަކަށެވެ.

"މި ފަދަ މަދު އަދި އާދަޔާހިލާފު ޖަނަވާރެއް މީހުންނަށް ދައްކައިލުމުގެ ފުރުސަތު ލިބުނީތީ އުފާކުރަން،" ޑައުންޓައުން އެކުއޭރިއަމްގެ ޖެނެރަލް ކިއުރޭޓަރ ރަޔަން ހާމަން ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ކެންޑްރާ ވިދާޅުވީ އޭނާ މަސައްކަތްކުރައްވާ ރެސްޓޯރަންޓަށް ކްރަޝް ފޮނުވީ ޓެނެސީ ސްޓޭޓްގެ ސަޕްލައިކުރާ ފަރާތެއް ކަމަށެވެ. މި އިހި ބޭނީ ކެނެޑާއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނެޓިކް ކަންކަމާ ހުރެ ބައެއް އިހީގެ ކުލަ އޮރެންޖާއި ނުލާއި އަދި ރީނދުލަށް ބަދަލުވެއެވެ. ޑައުންޓައުން އެކުއޭރިއަމުން ބުނީ މީގެ ކުރިން ވެސް އެ ތަނުގައި އޮރެންޖް ކުލައިގެ އިއްސެއް ގެންގުޅުނު ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް