މޯލްޑިވިއަންގެ އެއާބަސް މަތިންދާބޯޓު މަރާމާތަށްފަހު މިއަދު ރާއްޖެ ގެނެސް، މިރޭ ދަތުރުތައް ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
ގައުމީ އެއާލައިނުން ބުނީ އެއާބަސް އޭ.320 އަށް ކުޑަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެކަން ރަނގަޅު ކުރަން މެލޭޝިއާއަށް ފޮނުވުމަށްފަހު މިއަދު މެންދުރުފަހު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ފްލައިޓް އޮތީ މެލޭޝިއާގެ ސަޕަންގް އިންޖިނިއަރިންގ އިން އިންޖިނިއަރިން ސާވިސްއެއް ކުރަން ކުރިން ވެސް ހަމަޖެހިފައި ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
"މި މަތިންދާބޯޓު ވަނީ މެލޭޝިއާގެ ސަޕަންގް އިންޖިނިއަރިންގއިން މެއިންޓެނަންސް އަދި ރިޕެއާގެ ހިދުމަތް ހޯދައިފައި،" އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި މިއަދު ބުންޏެވެ.
މި ފްލައިޓްގެ ކޮމާޝަލް ފްލައިޓްތައް އަލުން ފަށާނީ މިރެއެވެ. އެ ގޮތުން މިރޭ 9.00 ގައި ބަންގްލަދޭޝްގެ ވެރިރަށް ދާކާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.



advertisment

